ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ - ފޮޓޯ: މަޖިލިސް
ހަބަރު
08 Dec 2025 | 21:22
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ އިންތިހާބުކޮށްފި

އިދިކޮޅު މައި ޕާޓީ -- އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އަބްދުލްޣަފޫރު އިންތިހާބުކުރީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 31 ވަނަ ޖަލްސާގަ އެވެ. މި ޖަލްސާގައި އަބްދުލްޣަފޫރުގެ ނަމަށް ވޯޓަށް އެހުމުން 65 މެންބަރުން ވޯޓް ދެއްވި އެވެ. މި ބައްދަލްވުމުގައި 67 މެންބަރަކު ބައިވެރިވެ އެވެ. ވޯޓް ދެއްވާގޮތަށް ތިއްބެވީ 66 މެންބަރުންނެވެ. 

ޣަފޫރުގެ ނަން ހުށައެޅީ ކުރީގެ މެންބަރު އިލްހާމް އަހްމަދެވެ. އޭނާއަކީ އެމްޑީޕީގެ އިގުރައިދޫ ދާއިރާގެ ރައީސެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އަބްދުލްޣަފޫރު އިންތިހާބުކޮށްފައިވާއިރު އެންމެ ފަހުން އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް އެމްޑީޕީއަށް ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަންގެ އަރައިރުން ބޮޑުވެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރީން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ގިނަ ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އެވެ. ފައްޔާޒް މިހާރު ހުންނެވީ ރައީސް ނަޝީދުގެ ފަޅީގައި ކަަމަށް ބެލެވެ އެވެ. ރައީސް ސޯލިހާއި އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ފޯރިވެސް ވަނީ ގަދަވެފަ އެވެ. ހާއްސަ ކޮށް މާލެ ސިޓީގެ މޭޔަރު ކަމަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އޮތް ވާދައާ ފޯރިގަދަ އެވެ. ނަޝީދާއި ފައްޔާޒްގެ ސަޕޯޓް އޮތީ އަލީ އާޒިމަށެވެ. ރައީސް ސޯލިހްގެ ޓީމްގެ ތާއީދު އޮތީ މިހާރުގެ މޭޔަރު އާދަމް އާޒިމަށެވެ. ދެ ފަރާތުން ވެސް ދަނީ ހޫނު ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ކޮމެންޓް
މުއްތަހައްބު
ތީދެން އެމްޑީޕީގެ ދަވަސް ދިޔައީ ގަޕޯލައިޓަރަކަށްވުރެ ނުރައްކާތެރިމީހެއްތިޔަ ޗެޔާރ ޕާސަނަކައްތިހޮވީ
08 Dec 2025
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.