ޑރ.އަލޯނާ ބާނޭއާ .. ފޮޓޯ: އިސްރާއީލް ޑިފެންސް
ދުނިޔެ
09 Dec 2025 | 19:43
ނަފްސާނީ ބަލިމަޑުކަމަކީ މިހާރު އިސްރާއީލަށް ކުރިމަތިވެފައިވާ ޤައުމީ ކާރިސާއެއް: ޔަހޫދީ ޑިފެންސް

ނަފްސާނީ ބަލިމަޑުކަމަކީ މިހާރު އިސްރާއީލަށް ކުރިމަތިވެފައި އޮތް ޤައުމީ މައްސަލައެއްކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ނިއުރޯޓެކްނޮލޮޖީ ޑިވިޝަނުގެ ޑިރެކްޓަރ ޑރ.އަލޯނާ ބާނޭއާ ވިދާޅުވެއްޖެއެވެ.

ތެލް އަވީވްގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ޑިފެންސް ސަމިޓްގައި ވާހަކަ ދައްކަމުން އަލޯނާ ވިދާޅުވީ، އިސްރާއީލަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ނަފްސާނީ ދުލަހެޔޮކަމުގެ މައްސަލަކަމަށެވެ. ޤައުމެއްގެ ގޮތުގައި ކުރިއަރައިގެންދާން ބަލާއިރު އިސްރާއީލް މިވަގުތު އޮތީ ނަފްސާނީގޮތުން ވަރަށްބޮޑެތި މައްސަލަތަކެއްގެ ތެރޭގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ހާއްސަ ގޮތެއްގައި އިސްރާއީލް ސިފައިންގެ މެދުގައި ނަފްސާނީ މައްސަލަތައް މިއިން ޒަމާނަކު ނުފެންނަވަރަށް އެކަން އެބައޮތްކަމަަށް އޭނާ ފާހަގަކުރެއްވިއެވެ. އަލޯނާ ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހަށްފަހު އިސްރާއީލް ސިފައިންގެ ތެރޭގައި ނަފްސާނީ މައްސަލަތައް ކަންބޮޑުވާވަރަށް އިތުރުވުމުގެ ނަތީޖާއަކީ ހިނގަންނުޖެހޭ ނޭދެވޭ ކަންކަން ނިހާޔަތަށް އިތުރުވެގެން ދިއުންކަމަށެވެ.

އޭނާ ވިދާޅުވީ ޒަމާނީ އައު ހޯދުންތަކުގެ އެހީގައި ނަފްސާނީ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިހާރުވެސް މިކަމަށް ހައްސަ އާލާތްތައް އީޖާދުކޮށްފައިވާކަމަށެވެ. މިގޮތުން އޭއައިގެ އެހީގައި ތެރަޕިކް ފަރުވާތައް ދިނުމުގައި ފުން ހޯދުންތައް ހޯދުމުގައި ބޭނުންކުރަމުން އަންނަ ޑިވައިސްތައް މިހާރުވެސް ބޭނުންކުރަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.

އިސްރާއީލުން ވަނީ ޑިފެންސް ދާއިރާއަށް އެހީތެރިވާ ކުންފުނިތަކަށް ފަންޑުކުރުމަށް ވޭތުވެދިޔަ އަހަރު އެކަނިވެސް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކޮށްފައެވެ.

ޑރ. އަލޯނާ ފާހަގަކުރެއްވި އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހަކީ ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރާ ޖަމާއަތަކުން އިސްރާއީލާ ދެކޮޅަށް މި ފަހުގެ ތާރީހެއްގައި ކުއްލިއަކަށް އެންމެ ވަރުގަދަ ހަމަލާތަކެއްދިން ދުވަހެވެ. ރައްދުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ޢައްޒާއަށް އަރައި ގަތުލު އާއްމުތައް ހިންގައި މުޅި ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތައްދީ މުޅި ޣައްޒާސިޓީގެ ކުރިއެރުން 20 އަހަރު ފަހަތަށް ޖައްސާލާފައެވެ. އިސްރާއީލުން ޣައްޒާއަށް ދިން މި ހަމަލާތަކަކީ މި ފަހުގެ ތާރީހުގައިވެސް އިންސާނިއްޔަތާ ދެކޮޅަށް ހިންގި އެންމެ ވަރުގަދަ ހަނގުރާމައިގެ ޖަރީމާތައްކަމަށް ބައިނަލްއަޤްވާމީ ޖަމާއަތްތަކުންނާއި އދ އިން ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ