ކޮވިޑް ވެކްސިން: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
10 Dec 2025 | 10:00
ކޮވިޑް ވެކްސިންތަކާ ގުޅިގެން މަރުވިކަމަށް ބެލެވޭ މައްސަލަތަކެއް އެމެރިކާގައި ތަހުގީގުކުރަން ފަށައިފި

ކޮވިޑް-19 ވެކްސިންތަކާ ގުޅިގެން އެކި އުމުރުފުރާގެ މީހުން މަރުވިކަމަށް ބެލެވޭ މައްސަލަތަކެއް ފެންމަތިވެފައިވާތީ، އެ ވެކްސިނުގެ ރައްކާތެރިކަމާގުޅޭ ދިރާސާއެއްގެ ތަހުގީގުތަކެއް އެމެރިކާގެ އެފް.ޑީ.އޭ އިން ފަށައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިޔުމަން ސާވިސަސް (އެޗް.އެޗް.އެސް) އިއްޔެ މިކަން އިއުލާންކޮށްފައި ވީނަމަވެސް، މި ތަހުގީގުގައި ހިމެނޭނެ އުމުރުފުރާތަކާ ބެހޭގޮތުން އަދި އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް، އެފް.ޑީ.އޭގެ ކޮމިޝަނަރު މާޓީ މަކަރީ މީގެ ކުރިން ވަނީ، ޒުވާނުންގެ ތެރެއިން މިފަދަ މަރުތައް ހިނގާފައިވޭތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.

މިދިޔަ މަހު، އެފް.ޑީ.އޭގެ ޗީފް މެޑިކަލް އެންޑް ސައިންޓިފިކް އޮފިސަރު ވިންތޭ ޕްރަސާދު ވަނީ އެ އޭޖެންސީގެ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި، ކޮވިޑް ވެކްސިންތަކުގެ ސަބަބުން މަދުވެގެން 10 ކުދިންގެ ހިތް ދުޅަވެގެން މަރުވެފައިވާކަމަށް ބުނެފައެވެ. އަދި ވެކްސިންގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ރާވާފައިވާ ކަމަށްވެސް އެ މެމޯގައި ހާމަކޮށްފައިވެއެވެ.

ކަންމިހެން ހުރި ނަމަވެސް، މޯޑާނާ ކުންފުނިން ވަނީ އެ ކުންފުނީގެ އެމް.އާރް.އެން.އޭ ވެކްސިން، ސްޕައިކްވެކްސް (Spikevax) އާ ގުޅިގެން ކުޑަކުދިންނަށް ނުވަތަ މާބަނޑު އަންހެނުންނަށް އެއްވެސް ނުރައްކަލެއް ނުވަތަ ކަންބޮޑުވުމެއް ނެތްކަމަށް ބުނެފައެވެ.

ހަމަ އެހެންމެ، ވެކްސިން އުފައްދާ ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނިން އުފައްދާ ވެކްސިންގެ ރައްކާތެރިކަމުގެ ޔަގީންކަންދީފައެވެ.

ކަންމިހެން ހުރި ނަމަވެސް، އެމެރިކާގެ ސިއްހަތާ ބެހޭ ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއަރ ވަނީ ކޮވިޑް ވެކްސިންތަކާ ބެހޭ ސަރުކާރުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އޭގެ ތެރޭގައި 65 އަހަރުން މަތީގެ މީހުންނާއި، ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ވެކްސިންދޭ މިންވަރު ލިމިޓްކުރުން ހިމެނެއެވެ.

ވެކްސިންތަކާމެދު އަބަދުވެސް ޝައްކުތައް އުފައްދަމުން އައި ކެނެޑީ ވަނީ އެމެރިކާގެ ވެކްސިން ސިޔާސަތަށް ދުރު ރާސްތާގެ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިގޮތުން، ޅަދަރިފުޅަށް ދެވޭ ހެޕަޓައިޓިސް ބީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ދެމުން އައި ލަފާ އުވާލައި، އެމް.އާރް.އެން.އޭ ވެކްސިންތަކަށް ކުރަމުން އައި ޚަރަދު ކުޑަކޮށް، އަދި ވެކްސިންތަކާއި އޮޓިޒަމާވެސް އޭނާ ވަނީ ގުޅުވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.