އަލްވަދާޢުގެ ޕޯސްޓަރު
ލައިފްސްޓައިލް
14 Dec 2025 | 09:30
"އަލްވަދާއު" ގިނަ މީހުން ބުނަނީ، މިއީ މިއަހަރު ބަލާލެވުނު އެންމެ ހިތްގައިމު ފިލްމު ކަމަށް

ދިވެހި ސިނަމާއިން މިއަހަރު ފެނުނު އެންމެ ރީތި ފިލްމަކީ ކޮބައިހޭ އަހައިފިނަމަ, ހަމަ ޔަގީނުންވެސް ގިނަ ބައެއްގެ ޖަވާބަކަށްވާނީ އޮލިމްޕަހުގައި މިހާރު ދައްކަމުންދާ ޑާކްރެއިނުގެ އަލްވަދާޢު އެވެ. އެކަން އެނގެނީ މި ފިލްމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ގިނަބަޔަކު ފާޅުކުރަމުންދާ ހިޔާލް ތަކުންނެވެ. ހާއްސަ ގޮތެއްގައި މި ފިލްމުގެ ވާހަކަ، ފިލްމެއްގެ ގޮތުގައި ގެނެސްދީފައިވާލެއް ފުރިހަމަކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. "އަލްވަދާއު" މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ.

އަލްވަދާއު އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތަފާތު ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ. ބެލުންތެރިން މި ފިލްމް ބަލާފައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ ސްޓާރުންގެ ފަރާތުން ފެނިގެންދިޔަ އެކްޓެވެ. ފިލްމުގައި ވަކި ހިސާބަކުން މަރިޔަމް މަޖުދާ، މަޖޫ ފެނިގެންދަނީ ހާއްސައެހީއަށް ބޭނުންވާ މީހެއްގެ ރޯލެވެ. ލީޑް އެކްޓަރު ޝަރަފް ޢަބްދުﷲ ގެ ފަރާތުން ފެނިގެންގޮސްފައިވަނީ މީގެ ކުރިން އޭނާގެ ފަރާތުން ފެނިގެންނުދާވަރުގެ މޮޅު އެކްޓިންނެކެވެ. މި ދެ އެކްޓަރުންގެ އިތުރުން ޝީލާ ނަޖީބް، އަދި ސަޕޯޓިން ރޯލްތަކުން ފެނިގެންދިޔަ އެކްޓަރުންގެ ފަރާތުން ފެނިގެންދިޔަ އެކްޓިންވެސް އެހާމެ ފުރިހަމަ ކަމަށް އަލްވަދާއު ބެލި ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ.

މި ފިލްމުގައި ފެނިގެންދިޔަ އެންމެ ފުރިހަމަ މަންޒަރެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކޮށްފައިވަނީ އެކްސިޑެންޓްގެ މަންޒަރެވެ. ގިނަ ބަޔަކު ބުނެފައިވަނީ މިއީ ދިވެހި ފިލްމަކުން މިހާތަނަށް ފެނިގެންދިޔަ މިފަދަ އެންމެ ފުރިހަމަ މަންޒަރުކަމަށެވެ. މި މަންޒަރުން ޑާކްރެއިނުން ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ކޮށްފައިވާ މަސައްކަތްތައް ކިތަންމެހާވެސް ފުރިހަމަކަމަށް ގިނަބަޔަކު ދަނީ ފާަހަގަކުރަމުންނެވެ. 

 ޑާކްރެއިނުން ފިލްމްގެ ޝޯތައް ދެއްކުމަށް ނިންމާފައިވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ނިޔަލާ ހަމައަށެވެ. އަލްވަދާޢުގެ ޓިކެޓް ގަތުމަށް ބޭނުންނަމަ 9911229 ނަމްބަރަށް ވައިބަރ ކުރުމުން އޮލިމްޕަހަށް ނުގޮސް ޓިކެޓް ގަނެވޭނޭ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
މުހަންމާ
ކޮންމެފިލްމެއް އަޅުވާއިރަށްތިހެންކިޔާ..
14 Dec 2025
ފަރީލާ
ރީތި ފިލްމެއް. އެކަމަކު ސީންތައް ހިންދީ ފިލްމު ތުމްބިން އިން ކޮޕީ ކޮށްފަ ހުރިކަން ފާހަގަވޭ ވަރަށްބޮޑައް. ކޮޕީކޮށްފަ ކްްރެޑިޓްވެސް ދޭންވާނެ
14 Dec 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.