އޮސްޓްރޭލިއާގެ ބޮނޑައި ބީޗްގައި ދިން ބަޑީގެ ހަމަލާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.. ފޮޓޯ: އޭޕީ
ހަބަރު
14 Dec 2025 | 16:30
އޮސްޓްރޭލިއާގެ ބޮންޑައިބީޗްގައި ބަޑިޖެހުމުގެ ހާދިސާއެއްގައި 12 މީހަކު މަރުވެއްޖެ

އޮސްޓްރޭލިއާގެ ބޮނޑައި ބީޗްގައި ދިން ބަދީގެ ހަމަލާތަކެއްގައި މަދުވެގެން 12 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ އަމާޒުކޮށްފައިވަނީ އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ޖުވިޝް ކޮމިޔުނިޓީއަށްކަމަށް ނިއު ސައުތު ވޭލްސްގެ ފުލުހުން ވަނީ ބުނެފައެވެ. ބަޑިޖެހުމުގެ މި ހާދިސާގައި 11 މީހަކު ޒަހަމްވެފައިވާއިރު، މީގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރަކު ހިމެނެއެވެ. 

މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ މި ހަމަލާދިން ހަބަރާއެކު ކުއްލި ސިހުމެއް ލިބިފައިވާކަމަށާއި، މި ހަމަލާ ދިން މީހުން އަތުލައިގަނެ މިކަމުގެ މަގްސަދު އެންމެ ފުނަށް ހޯއްދަވާނޭކަމަށެވެ. ވީޑިއޯތަކުން ފެންނަގޮތުގައި ބަޑިޖެހުމުގެ މި ހާދިސާގައި ބަޑި ހިފައިގެން އުޅުނު އެކަކު ހުއްޓުވާފައިވަނީ އާއްމު ހެދުމުގައި ހުރި މީހެކެވެ.

ބަޑިޖެހުމުގެ މި ހާދިސާ 10 މިނެޓަށް ދެމިގެންދިޔަކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ މުސްލިމް އިމާމް ކައުންސިލުން ވަނީ ހަމަލާ ކުށްވެރިކޮށް މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އޮސްޓްރޭލިއާގައި ދޭތެރެއަކުން ބަޑިޖެހުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، މީގެ ކުރިން އެއާޕޯޓް އަދި ބައެއް ސަރަހައްދުތަކުގައި ބަޑީގެ މިފަދަ ހަމަލާތައް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ