ބަޑިން ހަމަލާދިން މީހާ ހުއްޓުވަނީ..
ދުނިޔެ
14 Dec 2025 | 21:20
އޮަސްޓްރޭލިއާގެ ބޮންޑައިބީޗްގައި ދިން ބަޑީގެ ހަމަލާ ހުއްޓުވާލި ހީރޯއަކީ މުސްލިމެއް

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި މިއަދު ދިން ބަޑީގެ ހަމަލާ ހުއްޓުވާލި ހީރޯއަކީ މުސްލިމެއްކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބޮންޑައި ބީޗްގައި މިއަދު ބަޑިހިފައިގެން ތިބި ބަޔަކު ވަނީ އެތަނުގައި ތިބި ބަޔަކަށް ބަޑިން ހަމަލާދީ އެތައްބަޔަކު މަރާލާފައެވެ. މި ހަމަލާތަކުގައި 12 މީހަކު މަރުވެފައިވާަކަމަށް ނިއުސައުތު ވޭލްސްގެ ފުލުހުން ވަނީ ބުނެފައެވެ. އަދި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ފުލުހުން ބުނެފައިވަނީ ހަމަލާދިން މީހުން އެމީހުންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެވަގުތު ބީޗްގައި ތިބި ޔަހޫދީންނަށެވެ. އެމީހުން ހަމަލާތައް ދިނީ އެކި ތަންތަނުގައި ތިބެގެންނެވެ.

ސޯޝަލް މީޑިއާގައި މި ހަމަލާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންމެބޮޑަށް ވައިރަލް ވެފައިވަނީ ބަޑިހިފައިގެން ހަމަލާދެމުންދިޔަ މީހަކު ހުއްޓުވުމަށް އާދައިގެ ހެދުމެއްގައި ހުރި މީހަކު ހަރަކާތްތެރިވި ވީޑިއޯއެކެވެ. އޮސްޓްރޭލިއާގެ ދަ ސިޑްނީ މޯނިން ނޫހުން ބުނެފައިވަނީ މި ހާދިސާގައި ހީރޯއެއްގެ ގޮތުގައި ފާހަގަކުރެވުނު އެމީހަކީ އަރަބި މުސްލިމެއްކަމަށްވާ އަހުމަދު އަލް އަހުމަދެވެ.

ބަޑިހިފައިގެން މީހުންގެ ތެރެއަށް ޖަހަމުންދަނިކޮށް އަހުމަދު އެމީހާގެ އަތުން ބަޑިއަތުލާފައިވަނީ ފަހަތުންގޮސް ވަރަށް ހުށިޔާރުކަމާއެކުގައެވެ. އެމީހާއަތުން ބަޑިއަތުލުމާއެކު އެވަގުތު އެހެން މީހަކު ވަނީ އަހުމަދަށް ބަޑިން ހަމަލާދީފައެވެ. މި ހަމަލާގައި އަހުމަދަށް ޒަހަމްތަކެއް ލިބުނުނަމަވެސް އޭނާ ވަނީ ބަޑިޖަހަން އުޅުނު މީހާގެ މަސައްކަތް ނާކާމިޔާބުކޮށްލާފައެވެ.

ބަޑިން ހަމަލާތައް ދެމުންދިޔަ މީހުންގެ އެ އަމަލު އެހާއަވަހަށް ހުއްޓި ތަނުގެ ކޮންޓްރޯލް ފުލުހުން ނެގީ އަހުމަދުގެ ޖެހިލުންކުޑަކަމުންކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ސޯޝަލް މީޑިއާގައި މީހުންތައް ދަނީ އަހުމަދުގެ ކެރުމަށް ވަރަށްބޮޑަށް ތައުރީފްކުރަމުންނެވެ. އެގޮތުން ބަޑިހިފައިގެން ތިބި މީހުން ދެމުންދިޔަ ހަމަލާތައް ހުއްޓުނީ އޭނާގެ ހިތްވަރުގަދަ އަމަލުގެ ސަބަބުންކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަހުމަދަށް ލިބުނު އަނިޔާތަނަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އަހުމަދަކީ ސިޑްނީގެ މޭވާ ވިއްކާ ފިހާރައެއް ހިންގާ މީހެކެވެ. 

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ފުލުހުން މައްސަލަ ތަހުގީގުކުރަމުންދާއިރު، ފުލުހުން ބުނީ އަދި މިހާތަނަށް ބަޑިން ހަމަލާދިންކަމަށް ފާހަގަކުރެވުނީ ދެމީހުން ކަމަށެވެ. އަލްޖަޒީރާއިން ބުނެފައިވަނީ މި ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކު މަރުވިއިރު އަނެއް މީހާއޮތީ ވަރަށް ސީރިއަސް ހާލަތެއްގައިކަމަށެވެ. 

އޮސްޓްރޭލިއާ ސަރުކާރުން މި ހަމަލާ ސިފަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ