ޑިސްކަވާ އެއާލައިނުން ވީއައިއޭ އައުޓާމިނަލް ބޭނުންކުރަން ފެށުން... ފޮޓޯ: އެމްއޭސީއެލް
ހަބަރު
15 Dec 2025 | 17:40
31 އެއާލައިނަކުން ވީއައިއޭ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ބައިނަލްއަޤްވާމީ 31 އެއާލައިނަކުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުންކުރަން ފަށާފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ އިއްޔެގެ ނިޔަލަށް 31 އެއާލައިނަކުން އައު ޓާމިނަލުން ހިދުމަތް ހޯދަން ފަށާފައިވާކަމަށާއި، އެންމެފަހުން މި ލިސްޓަށް އިތުރުވީ ޖަރުމަނުވިލާތުގެ ލެއިޝާ އެއާލައިނެއްކަމަށްވާ ޑިސްކަވާ އެއާއިންކަމަށެވެ. ލުފްތަންސާ ގްރޫޕްގެ މި އެއާލައިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. 

ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ގިނަ އެއާލައިންތަކަކުން މިހާރު ވަނީ އައުޓާމިނަލް ބޭނުންކުރަން ފަށާފައެވެ. 

ވީއައިއޭގެ އައު ޓާމިނަލްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. ސައުދީގެ ބިންލާދިން ގްރޫއްޕާ ހަވާލުކޮށްގެން ތަރައްޤީކުރި އައު ޓާމިނަލަށް 5 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ އަމާޒަކީ އައުޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.