މެންޗެސްޓަރ ސިޓީން
ކުޅިވަރު
15 Dec 2025 | 19:05
މެންޗެސްޓާ ސިޓީން އިންޑިއާގައި ފުޓްބޯޅަ ސްކޫލެއް ތަރައްޤީކުރުމަށް ނިންމައިފި

އިނގިރޭސި ޕްރިމިއާލީގް ކްލަބް، މެންޗެސްޓަރ ސިޓީން އިންޑިއާގައި ފުޓްބޯޅަ ސްކޫލެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މެންޗެސްޓަރ ސިޓީގެ ވެބްސައިޓުގައި އެ ކްލަބުން ބުނެފައިވަނީ އިންޑިއާގެ ޖެއިން ސްޕޯޓްސް އާ ގުޅިގެން އެޤައުމުގައި ފުޓްބޯޅަ ސްކޫލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. މެންސިޓީން ބުނީ މި ސްކޫލުން ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ތައުލީމް ފޯރުކޮށްދެވިގެން ދާނޭކަމަށެވެ. މި ސްކޫލްގައި ކުރިއަށްގެންދާ ޕްރޮގްރާމްތައް ހިންގާނީ އެ ކްލަބްގެ ފަލްސަފާ އާއި އިންޑިއާގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އެންމެ އެކަށޭނެގޮތަށްކަމަށް ސިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕްރޮގްރާމްތައް ކުރިއަށްގެންދާނީ އެންމެފަހުގެ ވަސީލަތްތަކާއި އެކުގައިކަންވެސް ސިތީން ވަނީ ފާހަގަކޮށްފައެވެ. މި ސްކޫލުން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ އިތުރުން ކޯޗުން ތަމްރީނުކުރުމަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. އިންޑިއާގައި ތަރައްޤީކުރުމަށް ނިންމާފައިވާ މި ސްކޫލްގެ ޕްރޮގްރާމްތައް ފަރުމާކުރުމުގައި ބޮޑަށް އިސްކަންދޭނީ ސިޓީއަށް އިނގިރޭސި، ޔޫރަޕް އަދި ދުނިޔޭގެ މުބާރާތްތަކުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދީފައިވާ އުސޫލްތަކަށް ކަމަށްވެސް ސިޓީން ވަނީ ބުނެފައެވެ.

ޖެއިން ސްޕޯޓްސްއަކީ އިންޑިއާގައި ކުޅިވަރުކުޅުންތެރިްނ އުފެއްދުމުގައި ފާހަގަކޮށްލެވޭ އެކަޑަމީއެކެވެ. 

މެންޗެސްޓަރ ސިޓީގެ ފުޓްބޯޅަ ސްކޫލެއް އިންޑިއާގައި ތަރައްޤީކުރުމަށް ނިންމާފައިވާކަން ސިޓީން ހާމަކުރިނަމަވެސް އެ ސްކޫލް ހުޅުވާނޭ ތާރީހެއް އަދި ނުބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.