ހުރާ --
ދީން
19 Dec 2025 | 06:13
މޮނިއުމަންޓާ ގުޅޭގޮތުން ހުރާ ކައުންސިލްގެ ފަރާތުން ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއްކަން ބަޔާންކޮށް ފަތުވާ މަޖިލިސް އިން ނެރުނު ފަތުވާއާ ދެކޮޅަށް ވާހަކަދެއްކި ކަމަށް ބުނެ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު އާއި ނާއިބުރައީސް އަބްދުالله އިބްރާހީމް ދެއްކި ވާހަކަތަކާއި ގުޅިގެން އެ ދެ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ޙަރާމްވެގެންވާކަން ކަނޑައެޅިގެން އެނގޭ ކަމަށާ، މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުން، ބުދު ނުވަތަ ސޫރަ ބަހައްޓައިފައި ހުންނަ ތަންތަނަށް ނުވެންނެވުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ހިމެނޭކަން ފާހަގަކޮށް ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއްކަން ބަޔާންކޮށް ފަތުވާ ނެރެފައިވަނީ މިިދިޔަ ހަފްތާގަ އެވެ.

ހުރާގައި ބޮޑު މާކަނައެއް މޮނިއުމަންޓަކަށް ހަދާފައި ބަހައްޓާފަ ވެ އެވެ. އެ ފަތުވާއާ ގުޅިގެން ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު އާއި ނާއިބުރައީސް އަބްދުالله އިބްރާހީމް މީޑިއާއާ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ ސޯޝަލް މީޑިއާގައި ފާހަގަކޮށްފައެވެ.

އެ ދެ ބޭފުޅުން ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމެންޓް ހެދުމާއި ތަންތަނުގައި ބެހެއްޓުމަކީ "ބުދު ހެދުން" ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން ނިންމިޔަސް ކ. ހުރާގެ ބަނދަރުމަތީގައި ހުރި "މާކަނާ" މޮނިއުމަންޓް ނުނަގާނެ ކަމަށެވެ. އެގޮތުން ބަޔަކު އަދި ހަރާމް ކަމަށް ނިންމި ނަމަވެސް މޮނިއުމަންޓް ނެގުމަށް ކައުންސިލުން ވިސްނާފަ ނުވާކަމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެދެ މީހުންނަށް ފާޑުކިޔާފަ އެވެ. 

ކޮމެންޓް
އީސާ
މޮނިއުމަންޓު ތަޅާފަ ކޯރާޑީ ކަރުގަ އަޅުވާލާ
19 Dec 2025
ގުޅޭ ލިޔުންތައް
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.