ހުރާ މޮނިއުމަންޓް.. ފޮޓޯ: ވޮއިސް
ހަބަރު
19 Dec 2025 | 16:30
ފަތުވާކޮމިޓީގެ ނިންމުމަށް އިހުތިރާމް ކުޑަވާގޮތަށް މީޑިއާ އާ ވާހަކަދައްކާފައެއް ނުވާނެ: ހުރާ ކައުންސިލް

ފަތުވާކޮމިޓީގެ ނިންމުންތަކަށް އިހުތިރާމް ކުޑަވާގޮތަށް ހުރާ ކައުންސިލުން ވާހަކަ ދައްކާފައިވާކަމަށްބުނެ ދައުރުވަމުންދާ ހަބަރުތައް އެ ކައުންސިލުން ދޮގުކޮށްފިއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރައްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވީ، ފަތުވާ ކޮމިޓީން މޮނިއުމަންޓާ ގުޅޭގޮތުން ނެރުނު ފަތުވާއަށް ހުރާ ކައުންސިލުން ގޮންޖަހައި މީޑިއާއަކާ ވާހަކަދެއްކިކަމަށް ބުނާ ވާހަކާގައި އެއްވެސް އަސްލެއްނެތް ކަމަށެވެ. އެގޮތުން މޮނިއުމަންޓްތައް ބެހެއްޓުމާ ގުޅޭގޮތުން ފަތުވާ މަޖިލީހުން ނެރުނު ނިންމުމަށް ގޮންޖަހައި ހުރާގައި ހުރި މޮނިއުމަންޓް ނުނަގާނޭކަމަށް ބުނެ، މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައި ނުވާނޭކަމަށާއި މިކަމުގައި ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީސަ ވިދާޅުވީ ހުރާ ކައުންސިލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމުކުރަމުން އަންނަ ކައުންސިލެއް ކަމަށާއި، ފަތުވާކޮމިޓީތަކުން ނިންމާ ނިންމުންތަކަށް ގޮންޖަހައި ކަންކަން ކުރުމަކީ ހުރާ ކައުންސިލުން އަމަލުކުރާނޭ ގޮތެއް ނޫންކަމަށެވެ. އެގޮތުން ފަތުވާ ކޮމިޓީން ނިންމާ ނިންމުމަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ ނަގަން އަންގައިފިނަމަ އެކަން ކައުންސިލަށް ހުއްޓުވުމުގެ ބާރެއް ނޯންނާނޭކަމަށާއި، ކައުންސިލުން އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ މާނައެއްވެސް ނެތްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ބަޔަކު ހަރާމްކަމެއް ކަމަށް ނިންމި ނަމަވެސް ހުރާގައި ބަހައްޓާފައިހުރި މޮނިއުމަންޓް ނުނަގާނޭކަމަށް އެރަށުކައުންސިލްގެ ނައިބުރައިސް ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ފަތުވާއިން އެކަން ނިންމި ނަމަވެސް މޮނިއުމަންޓް ނެގުމުގެ ވިސްނުމެއް ނެތްކަމަށްވެސް ކައުންސިލުން ބުނެފައިވާކަމަށް މީޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

މާކަނައެއް ފެންނަގޮތަށް ހުރާގައި މޮނިއުމަންޓެއް ބަހައްޓާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ހުރާ ބަނދަރުމަތި ސަރަހައްދުގައި މި މޮނިއުމަންޓް ބަހައްޓާފައިވަނީ ހުރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެވެސް ބައިވެރިވުމާއެކުގައެވެ. އެ މޮނިއުމަންޓަށް އޮގަސްޓްމަހު ގެއްލުންދިން ނަމަވެސް ލިބުނު ގެއްލުންތައް ވަނީ މަރާމާތުކޮށް ރަނގަޅުކޮށްފައެވެ. 

މާލެއަތޮޅު ހުރައަކީ ވަރަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. ހުރާގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުންނައިރު، ރަށަށް މައިގަނޑުގޮތެއްގައި އާމްދަނީ ލިބެމުން އަންނަ އެއް ދާއިރާއަކީވެސް ޓޫރިޒަމްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.