ރައީސް ހުޅުމާލެ ހޮސްޕިޓަލްގައި --
ހަބަރު
22 Dec 2025 | 18:48
ފެންނަން އޮތް ހަގީގަތް؛ ދެ އަހަރުން ސިއްހީ ދާއިރާއިން ހުޅުމާލެއަށް ބޮޑު ބަދަލެއް

މާލޭގެ ރަށްވެހީންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މާލޭގެ ހުރިހާ އަވަށްތަކުގައި ރައްޔިތުން ބައްދަލްވުންތަކެއް ބާއްވަވާފަ އެވެ. އެގޮތުން ހުޅުމާލޭގެ ދެ ފޭސް ގައި ވަަކީން ބައްދަލްވުން ބޭއްވެވި އެވެ.

ރޭ ބޭއްވި ބައްދަލްވުމުގައި އާންމުންގެ މީހަކު ވަނީ ހުޅުމާލޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ އެކަމުގެ ޝަކުވާ ކޮށްފަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޝަކުވާތަކާއި ގުޅިގެން ހަގީގަތް ހާމަކޮށްދެއްވާ މިދިޔަ ދެ އަހަރު ތެރޭ ހުޅުމާލެއަށް ސިއްހީ ދާއިރާއިން ގެނެވުނު މުހިންމު ބަދަލުތައް ކުރުގޮތަކަށް ހިއްސާ ކުރައްވާފަ އެވެ.

އެއީ ފެންނަން އޮތް ހަގީގަތެވެ. މީގެ ދެ އަހަރު ކުރިއާ މިއަދާ އަޅާކިޔާލުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތަށް ލިބިފައިވާ ކުރިއެރުން ވަޒަންކޮށްލެވޭނެ އެވެ.

ރައީސް މުއިއްޒު ހުޅުމާލެ ހޮސްޕިޓަލްގައި --

މިދިޔަ ދެ އަހަރު ތެރޭގައި އެޗްއެމްއެޗަށް ސިއްހީ ގޮތުން ލިބުނު ކުރިއެރުން:

- އަލަށް 10 އެނދުގެ އައިސީޔޫއެއް ގާއިމުކުރުން

- އަލަށް 14 އެނދުގެ އެންއައިސީޔޫއެއް ގާއިމުކުރުން

- ހަތަރު, އޯޓީ ރޫމް ހިމެނޭ އާ އޯޓީ ކޮމްޕްލެކްސްއެއް ގާއިމުކުރުން

- އަލަށް ފުލް ފްލެޖްޑް ސްޓިރިލް ޑިޕާޓްމަންޓެއް ގާއިމުކުރުން

- އީއާރް ހަތް އެނދުން 14 އެނދަށް ފުޅާކުރުން

- ޑައިލިސިސް ކެޕޭސިޓީ 10 އެނދުން 30 އެނދަށް ފުޅާކުރުން

- ހުޅުމާލޭގައި އައިނު ފިހާރައެއް (އޮޕްޓިކަލް ޝޮޕް) އެއް ހުޅުވުން

- އެޗްއެމްއެޗް ޕަބްލިކް ހެލްތު ސެންޓަރުގެ ޚިދުމަތް

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ނިންމާ އެތަން ރަސްމީކޮށް ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

މިއީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލަށް ގެނެސްފައިވާ ބަދަލުތަކެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ ޑައިލިސިސް ކެޕޭސިޓީ ބޮޑުކުރުމެވެ. މިހާރު އެއް ފަހަރާ 30 މީހުންނަށް އެ ހިދުމަތް ދެވޭނެ އެވެ. އެއާއެކު މިހާރު ޑަޔަލިސިސް އަށް އިންތިޒާރު ކުރާކަށް ނުޖެހެ އެވެ.

މީގެ އިތުރުން އެޗްއެމްއެޗް ޕަބްލިކް ހެލްތު ސެންޓަރާއެކު އެތައް ބަޔަކަށް ސިއްހީ ހިދުމަތް ހޯދުމަށް ފުރުސަތު ފަހިވެފައިވެ އެވެ. އަދި މާލެއެކޭ އެއްފަދައިން ހުޅުމާލެއިން ހިލޭ އައިނު ހެއްދޭ ގޮތް ވުމަކީ ވެސް ސިއްހީ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމަކާއި ފަސޭހަ އެކެވެ.

އަންނަ އަހަރު ހުޅުމާލެ ހޮސްޕިޓަލަށް އިތުރު ކުރިއެރުންތައް އަންނާނެ

ހުޅުމާލެ ހޮސްޕިޓަލްގެ ތަރައްގީއަށް މިހާރުވެސް ގިނަ ކަންތައްތައް ވަނީ ރާވާފަ އެވެ. އެ މައުލޫމާތު އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ނިއުރޮލޮޖީ އާއި ޔޫރޮލޮޖީ އަދި ގޭސްޓްރޯއެންޓޮލޮޖީ ފަދަ އާ ސްޕެސިލިޓީތައް 2026 ވަނަ އަހަރު ތައާރަފް ކުރާނެ އެވެ. މީގެ އިތުރުން ފުރަތަމަ ކުއާޓަރުގައި އާ 28 އެނދުގެ ވޯޑެއް (މެޑިކަލް އަދި ޕީޑިއޭޓްރިކް) އިތުރު ކުރުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ.

ރައީސް މުއިއްޒު ހުޅުމާލެ ހޮސްޕިޓަލް ގައި

އަންނަ އަހަރު, އިން-ޕޭޝަންޓް ކެޕޭސިޓީއާއެކު އާ މެންޓަލް ހެލްތު ސެންޓަރެއް ގާއިމު ކުރެވޭނެ އެވެ. އަދި ގައިނިއާ އާއި ޑެލިވަރީ ސުއިޓްތައް ފުޅާކުރުމާއި އެމްއާރުއައި މެޝިން އިތުރުކުރުމާއި އީއީޖީ ސާވިސަސް އާއި އެނދުގެ ކެޕޭސިޓީ އާއި ސްޕެޝަލިޓީ ސާވިސް ފުޅާކުރުމަށް އާ އިމާރާތެއް ކުރުމަށް ވަނީ ރާވާފަ އެވެ.

ގިނަ ކަންތައްތަކެއް ކުރިއަށް ރޭވިފައި

ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. އެހެން ކަމުން ސަރުކާރުން ވަނީ އަންނަ އަހަރަށް ސިއްހީ ދާއިރާއިން ހުޅުމާލެއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ރާއްވާފަ އެވެ.

މިހާރުވެސް ބައެއް މަސައްކަތްތައް ވަނީ ފެށިފަ އެވެ. އެގޮތުން އަމާން އުދަރެސް ޓަވަރު 6 ގައި 2 ވަނަ ޖީޕީ ކްލިނިކް ގާއިމުކުރުމަށް އެފްޑީސީއާއެކު ވަނީ ސޮއިކޮށްފަ އެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މަސައްކަތް ނިންމާލެވޭނެ އެވެ.

ހުޅުމާލެ ފޭސް 2 ގައި 500 އެނދަށް އަމާޒުކޮށްގެން އާ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ދިނުމާއި އަންހެނުންނާއި ކުޑަކުދިން ބަލަހައްޓާ ސްޕެޝަލިޓީތައް އަދި އެހެނިހެން ސްޕެޝަލިޓީތައް ގާއިމު ކުރެވޭނެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރު, އިތުރު ވަސީލަތްތަކާއެކު ގާއިމު ކުރުމާއި އެ ނޫންވެސް މުހިންމު އެތައް ބަދަލެއް މިދިޔަ ދެ އަހަރުތެރޭ ވަނީ ކުރެވިގެން ގޮސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ