އޮކޮނޮމިކް މިނިސްޓަރު ސައީދު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Dec 2025 | 18:00
އިގްތިސާދީ ވަޒީރުދެއްވީ ރޯދައަށް ކާބޯތަކެތީގެ އަގުތައް މައްޗަށް ނުދާނޭކަމުގެ ޔަގީންކަން

މީގެ ކުރީ ދެ އަހަރުގެ ރޯދައެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުވެސް މާލޭ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ އަގުތައް ރައްޔިތުންނަށް ބުރައަކަށްވެގެން ދިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ފެށުނީއްސުރެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ރަމަޟާންމަސް ފާހަގަކުރެވިގެން ގޮސްފައިވަނީ އެއް އަހަރުގެ ރަމަޟާންމަހަށްވުރެ އަނެއް އަހަރުގެ ރަމަޟާންމަހު ބާޒާރުގެ އަގުތައް ދަށްވެގެންދިޔަ މަހެއްގެ ގޮތުގައިކަން މިނިސްޓަރު ވިދާޅުވިއެވެ. ރަމަޟާންމަސް ކައިރިވަމުން އަންނައިރު، ބާޒާރުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅައި ކަންކަން ކުރަމުންގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އާއްމުން އެންމެގިނައިން ބޭނުންކުރާ ބާވަތްތައް ބަލައި އެސްޓިއޯ މެދުވެރިކޮށް ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން މިނިސްޓަރު ވިދާޅުވިއެވެ. އާއްމުން އެންމެގިނައިން ބޭނުންކުރާ 23 ބާވަތެއްގެ މުދާ އެއީ އަސާސީ ބާވަތްތައްކަމަށް ސަރުކާރުން ކަނޑައަޅައި ރާއްޖެ އެތެރެކޮށް އެސްޓީއޯ މެދުވެރިކޮށް އެތަކެތި ވިއްކަމުންދާއިރު، ބާޒާރުގެ އަގުތަކުން އެކަމުގެ ހެޔޮކަން ފެންނަމުންދާކަން ޑޭޓާތަކުން ދައްކަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު ރައީސް ނިންމަވާފައިވަނީ ތިން ހާހުން މަތީގެ އާބާދީތަކަށް އެސްޓީއޯއިން ވިއްކާ އަސާސީ 23 ބާވަތްތައް ސީދާ ލިބޭނޭކަން ކަށަވަރުކޮށް އަދި ތިންހާހުން ދަށުގެ އާބާދީތަކަށްވެސް އޭޖެންޓުން މެދުވެރިކޮށް އެބާވަތްތައް ޔަގީންކުރުން. އެކަން ކުރުމަށް އެސްޓީއޯ އާއި ޓްރޭޑް ގުޅިގެން މަސައްކަތްތައް ދަނީ ކުރަމުން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ބާޒާރުގެ އަގުތައް ހެޔޮކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ބާޒާރުމަތީ އަތޮޅުފިހާރަތައް ހުރި ދިމާލުގައި އެސްޓީއޯގެ އައުޓްލެޓެއް ގާއިމްކޮށް އަގުހެޔޮކުރި 23 ބާވަތުގެ މުދާ ހޯލްސޭލްކޮށް ވިއްކަމުންދާކަމަށްވެސް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރަމަޟާންމަސް އަންނައިރު ހުޅުމާލޭގައިވެސް އެސްޓީއޯ މެދުވެރިކޮށް އެ ބާވަތްތައް ހެޔޮއަގުގައި ވިއްކުމުގެ އިންތިޒާމު ހަމަޖައްސަވާނޭކަން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ