ވަޒީރު ޑރ މުއްޠަލިބު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Dec 2025 | 16:31
މި ސަރުކާރުން އަޅާ އާ ފްލެޓްތަކަށް ކުރީ ސަރުކާރުގެ ލިސްޓަށް ނުބަލާނަން: ޑރ. މުއްޠަލިބް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން އަޅާ ސޯޝަލް ހައުސިން ޔުނިޓްތަކުން  ފުލެޓް ދޫކުރާއިރު ނިމިދިޔަ ސަރުކާރުން އާންމުކުރި ލިސްޓަށް ނުބަލާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުން އާއްމު ކުރި ފުލެޓް ލިސްޓާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ލިސްޓް އާއްމު ކޮށްފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ. 

”ފުލެޓަށް އެޕްލައިކުރި އެންމެނަށް އިންނަނީ ޖަހާފައި ޝަރުތު ހަމަވޭ ފުލެޓް ލިބޭ. އެއީ ކޮން ތަނަކުން ކޮން ގޮތަކަށް ލިބޭ އެއްޗެއްތޯ އެއިން އެއްވެސް އެއްޗެއް ނެތް. ހަމަ ހުރިހާ ފަރާތަކަށްވެސް މި އޮންނަނީ ޖަހާފައި ޝަރުތު ހަމަވޭ ފުލެޓް ލިބަޭ. ކޮން ގޮތަކަށްތޯ؟“ ވަޒީރު ވިދާޅުވިއެވެ. 

”އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޭރުގެ އެ ސްކީމަކީ އިންސާފުވެރިކަމާއެކު ބެލޭނެ ސްކީމެއް ކަމަށްވެސް. މިސާލަކަށް އޭގައި ޖަހާފައި އިންނަނީ އެއް ކޮޓަރީގައި ހަ މީހަކު އުޅޭކަމަށް. އެއް ފާހާނައެއް ބޭނުންކުރާ ހަ މީހަކު އުޅޭ ކަމަށް. އެކަމަކު އެ އުސޫލުގައި ނޯވޭ އެއީ ކޮން ބަޔަކަށް ކަމެއް ވާން ޖެހޭނީ. ހަމަ ބޭރުން ބަޔަކު އައިސް ބޭނުންކޮށްލަނީ ކަމެއް. ހަމަހަމަ އިންސާފުވެރި އުސޫލަކުން ޗެކްކޮށްލެވޭނެ ގޮތަކަށް އޮތް އެއްޗެއް ވެސް ނޫން،"

ވަޒީރު ޑރ މުޢްޠަލިބު

އެހެންކަމުން ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް އެގޮތަށް އާއްމު ކޮށްފައިވާ ލިސްޓަކަށް ބަލައިގެން މި ސަރުކާރުގެ ފުލެޓް ދޫނުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެއީ ރައްޔިތުންނަށް އޮޅުވާލަން ކޮށްފައި އޮތްކަމެއް…އެހެންވީމާ އަޅުގަނޑުމެން އެއްވެސް ވަރަކަށް ތި ވިދާޅުވާ ދެވަނަ ބުރުގައި ނެރެފައި އޮތް ލިސްޓަކަށް އެއްވެސް ވަރަކަށް ކޮންސިޑާއެެއް ނުކުރާނަން،" މުއްޠަލިބް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން ފުލެޓް ދިނުމުގެ ކަންކަން ހަމަހަމަ ކަމާއެކު ކުރިއަށް ގެންދިޔުމަށް އުސޫލެއް ކަނޑައަޅައި އާއްމު ކޮށްފައިވާ ކަމަށާ، މި ސަރުކާރުން ފުލެޓް ދޭނީ އެ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ. 

މިދިޔަ 16 ނޮވެމްބަރުގައި މި ސަރުކާރުން ވަނީ 'ބޯހިޔާވަހިކަން އެންމެނަށް' ނަމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކާއި އެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފަ އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން މިހާރުވެސް ބީއެމްއެލްއަށް ބިން ހަވާލުކޮށްފައިވާ ކަމަށާ، އޭގެ ތެރޭގައި ވިލިނގިލީގައި އަޅާ 300 ޔުނިޓާއި ހުޅުމާލޭގެ ފޭސް 1 އަދި 3 ގައިއަޅާ 2700 ކަމަށް ވަޒީރު ވިދާޅުވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި އަޅާ 4،000 ޔުނިޓާއި، ބައިލެޓެރަލް އެކި އިންތިޒާމުތަކުގެ ތެރެއިން 700 ޔުނިޓް ހިމެނޭހެން ޖުމުލަ 7،700 ސޯޝަލް ހައުސިން ޔުނިޓް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.