ހޫދު މުޙައްމަދު ޒާހިރު --
ހަބަރު
28 Dec 2025 | 19:05
އައިއެސްގެ މެންބަރެއް ކަމަށް ބުނާ ހޫދު 23 އަހަރަށް ޖަލަށް

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެންބަރެއް ކަމަށް ބުނާ ހޫދު މުޙައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ 2015 ވަނަ އަހަރުން ފެށިގެން ޖަނަވަރީ 6, 2022ގެ ނިޔަލަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓްތައް ކްރިއޭޓްކޮށް، މީނާގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އާ ގުޅުންހުރި މަޢުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި، އެފަދަ އަމަލުތަކާއި ގުޅޭ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށް، ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކޮށް އެކި ބަސްބަހުން ލިޔެފައިވާ އިސްލާމިކް ސްޓޭޓްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާކުރުމަށްޓަކައި އެކި މީހުންނާ މުޢާމަލާތުކޮށްގެން އެ މަސައްކަތްކޮށް، ސޯޝަލް މީޑިއާގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އިސްލާމިކް ސްޓޭޓް އަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއިދުކުރާ މީހުންނާ މުއާމަލާތުކޮށް، އެކަންކަން ކުރުމަށާއި ސިއްރުކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް ގަނެގެން އޭނާގެ ފޯނަށް އަޅައިގެން އައިސްގެ ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ އެވެ.

އެގޮތުން ވަކި ވަކި އަމަލުތަކަށް ރިޢާޔަތްކޮށް ފަސް ދައުވާއެއް ކުރުމަށް 18 އޭޕްރީލް ގައި ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފަ އެވެ. އަދި އެ ކޯޓުން މިއަދު ވަނީ އެ މައްސަލަތައް ނިންމާ ހުކުމްކޮށްފަ އެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ

ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާ 15 އަހަރަށް ޖަލަށްލުމަށާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާ ފަސް އަހަރަށް ޖަލަށްލުމަށާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާ ތިން އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ދެން އުފުލި ދެ ދައުވާ ކަމަށްވާ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ ސާބިތުނުވާ ކަމަށްވެސް މިއަދު ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ