ވީޑިއޯ ކުރަނީ- ފޮޓޯ/ އީސީ
ހަބަރު
29 Dec 2025 | 10:22
ކުރިއަށްއޮތް ކައުންސިލް އިންތިޚާބާ ގުޅޭ ޓިކްޓޮކެއް ހަދާލައިގެން 5000ރުފިޔާ ހޯދުމުގެ ފުރުސަތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޓިކްޓޮކް މުބާރާތެއް ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަން، އީސީއިން ނިންމައިފިއެވެ.

18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، މިމަހު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، އޮންލައިން ފޯމު         https://tinyurl.com/TikTokmubaaraaiyRegistration މެދުވެރިކޮށް ރަޖިސްޓަރކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އީސީއިން ބުނެފައިވާގޮތުން މުބާރާތުގައި އަމިއްލަ ފަރުދަކަށްވެސް އަދި ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނަ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތުގެ ދިގުމިނަށް ވީޑިއޯ ތައްޔާރުކުރުމަށް ހަތަރު މަޢުޟޫއެއް ދެވޭނެއެވެ. 

އޭގެ ތެރޭގައި ހިމެނެނީ: 

• ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް،   

• އިންތިޚާބެއްގެ ތެރޭގައި ކޮށްގެންނުވާނެ ކަންކަން، 

• ރަށު/ސިޓީ އަށް ޙާއްސަ އިންތިޚާބުތަކުގައި (ލޯކަލް ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ މުހިއްމުކަން  

• އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން

މުބާރާތުގައި ވާދަކޮށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން، އެންމެ ގިނަ މާރކްސް ލިބޭ ވީޑިއޯތަކަށް ބަލައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެ ކަމަށް އީސީން ބުނެފައިވެއެވެ.

މި ގޮތުން، އެއްވަނަ އަށް 5000 ރުފިޔާ، ދެވަނަ އަށް 3000 ރުފިޔާ، ތިންވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރާ ޓީމުތަކުންތައްޔާރުކުރާ ވީޑިއޯތައް، 2026 ޖަނަވަރީ 10 ވާ ހޮނިހިރުދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

 އިތުރު މަޢުލޫމާތު: https://tinyurl.com/TiktokmubaaraaiyGavaaidhu

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.