ރޮނަލްޑޯ އެވޯޑާއެކު: ފޮޓޯ/ މީސްމީޑިޔާ
ކުޅިވަރު
29 Dec 2025 | 13:22
ރޮނަލްޑޯ ބުނީ اللهގެ އިރާދަފުޅާއެކު އޭނާގެ ޓާގެޓް ކަމަށްވާ 1000 ގޯލު ހަމަކުރާނެ ކަމަށް

ކޮންމެ ލީގެއްގައި ކުޅުނަސް ކުޅުން ހުއްޓާލާނީ اللهގެ އިރާދަފުޅާއެކު އޭނާގެ ޓާގެޓް ކަމަށްވާ 1000 ގޯލު ޖަހާފައި ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ގްލޯބަލް ސްޕޯޓްސް އެވޯޑް ހަފުލާގައި މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިގަތުމަށްފަހު ވާހަކަދައްކަމުން ރޮނަލްޑޯ ބުނީ، އޭނާގެ ޓާގެޓަކީ ކޮބައިކަން އެންމެންނަށްވެސް އެނގޭނެ ކަމަށެވެ. އަދި އެންޖެރީއެއް ފަދަ ކަމެއް ދިމާ ނުވެއްޖެ ނަމަ، ކުޅުން ހުއްޓާލާނީ އޭނާގެ ޓާގެޓް ހާސިލްކުރުމަށްފަހު ކަމަށްވެސް ބުންޏެވެ. 

"އަހަރެންގެ އަމާޒަކީ ކޮބައިކަން ތިބޭފުޅުންނަށްވެސް އެނގޭނެ. އަހަރެން ބޭނުންވަނީ ތަށިތައް ކާމިޔާބުކޮށް، އެ އަދަދު [1,000 ގޯލު] ހަމަކުރަން. އަނިޔާއެއް ނުލިބިއްޖެނަމަ، ޔަގީނުންވެސް އަހަރެން އެ އަދަދު ހަމަކުރާނަން. އިންޝާ الله."

ރޮނަލްޑޯ

ރޮނާލްޑޯ ވަނީ އެކަން ކުރުމަށްޓަކައި ފަހަރުގައި ޔޫރަޕުގެ ލީގެއްގައި ވެސް ކުޅެން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"މެދުއިރުމަތި ނުވަތަ ޔޫރަޕުގައި ވެސް ވިޔަސް މައްސަލައެއް ނެތް. އަހަރެންގެ ޓާގެޓަކީ އެކަން ކުރުން. ދެން ޔަގީން މި އަންނަ ވޯލްޑް ކަޕަކީ އަހަރެންގެ ފަހު މުބާރާތް. ދެން އަހަރު ނިމުމުގެ ކުރިން މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މިއީ ލިބުނު ރަނގަޅު އިނާމެއް " އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ. 

މެންޗެސްޓާ ޔުނައިޓެޑަށް ދެ ފަހަރު، އަދި ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ވެސް ކުޅުނު ފޯވަޑް މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ އައް ނަސްރަށެވެ. އޭނާ މިހާތަނަށް ޖަހާފައިވަނީ 952 ގޯލެވެ.

މިދިޔަ މަހު ޕިއަރސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ، އޭނާ ވަރަށް އަވަހަށް ފުޓްބޯޅައިން ރިޓަޔާ ކުރުމަށް ރާވާފައިވާކަން ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.