އުމްރާގެ އަޅުކަމަށްދާ ބަޔަކު... ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
29 Dec 2025 | 15:02
ރަމަޟާންމަހު އުމްރާއަށްދާ ފަރާތްތަކުން ވެކްސިން ފުރިހަމަކޮށް ނިންމުމަށް އިލްތިމާސްކޮށްފި

ކުރިއަށްއޮތް ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން ވެކްސިން ފުރިހަމަކޮށް ނިންމުމަށް ދަމަނަވެށިން އިލްތިމާސްކޮށްފިއެވެ.

ދެމަނަވެށިން އާއްމުކުރި ބަޔާނެއްގައި ބުނީ، ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ހަމަކުރަން ޖެހޭނޭކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހުގެ ކުރިން ވެކްސިން ފުރިހަމަކޮށް ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދަމަނަވެށިން ބުނީ އެއްވެސް ސަބަބަކާއި ހުރެ ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކަށް، ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނޭކަމަށެވެ.

ޢުމްރާ ވެކްސިން ފުރިހަމަކުރުމަށް ދަމަނަވެއްޓަށް އަންނައިރު، އެފަރާތެއްގެ އައިޑީ، ޕާސްޕޯޓް އަދި ވޭތުވެދިޔަ 5 އަހަރު ޙައްޖު/ޢުމްރާ އަށް ދިއުމަށް ވެކްސިން ޖަހާފައިވާނަމަ، ވެކްސިން ޖެހި ކާޑު އަދި ކުޑައިރުގެ ވެކްސިން ކާޑު އޮތްނަމަ އެ ގެނައުމަށް ވަނީ އެދިފައެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއިން ގިނަ އަދަދެއްގެ މީހުން އުމްރާވުމަށް ދާނޭކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރުމަހާއި ކުރިއަށްއޮތް ޖެނުއަރީމަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް 7،000 ހަށްވުރެ ގިނަ މީހުން މައްކާއަށް ދަތުރުކުރާނޭކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

 މީގެ ކުރީއަހަރުތަކާ ހިލާފަށް މިފަހަރުގެ ސްކޫލް ބަންދު ޑިސެމްބަރާ ދިމާވުމުން ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.