ކްރިސްޓިއާނޯ ރޮނާލްޑޯ.. ފޮޓޯ: އަލް ނަސްރް
ހަބަރު
30 Dec 2025 | 08:12
ކުޅުން ހުއްޓާލާނީ 1،000 ލަނޑު ހަމަކުރެވުމުން: ރޮނާލްޑޯ

ފުޓްބޯޅަކުޅުން ހުއްޓާލާނީ ކެރިއަރުގައި 1،000 ލަނޑާ ހަމަޔަށް ވާސިލްވުމުންކަމަށް ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މެދުއިރުމަތީގެ  އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، އޭނާގެ ފުޓްބޯޅަ ކެރިއަރު ހުއްޓާލުމަށް ނިންމާފައިވަނީ 1،000 ލަނޑު ޖެހުމަށްފަހު ކަމަށެވެ. ރޮނާލްޑޯ ބުނީ އެއީ އުނދަގޫވާނެ ކަމެއްކަންވެސް އެނގޭކަމަށާއި، ނަމަވެސް މިހާރު ހުރީ ހިތްވަރާއެކު އެ އަޒުމުގައި ކަމަށެވެ. 

އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ އެންމެފަހުން ނަސްރަށް ކުޅެދިން މެޗްގައިވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާ ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު ވަނީ 956 އަށް އަރާފައެވެ. ރޮނާލްޑޯ ބުނީ، ކޮންމެ ތަނެއްގައި ކުޅެންޖެހުނު ނަމަވެސް އޭނާއަށް އެއީ މައްސައެއް ނޫންކަމަށާއި، އެގޮތުން ބޭނުންވަނީ މިގޮތުގައި ކުރިއަށްދާން ކަމަށެވެ. 

ކުޅިވަރުގައި އަދިވެސް އިތުރު ކާމިޔާބީތައް ހާސިލްކުރަން ބޭނުންވާކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ އަނިޔާ ނުވެ މިގޮތުގައި ކުރިއަށް ހިނގައްޖެނަމަ، 1،000 ލަނޑު ޖެހުމަކީ ކުރެވިދާނެ ކަމެއްކަމަށެވެ. 

ރޮނާލްޑޯ ވަނީ މި ސީޒަނުގައި ނަސްރަށް ކުޅެދިން 14 މެޗްގައި 13 ގޯލް ޖަހާފައެވެ. ރޮނާލްޑޯ އަކީ މިހާރުވެސް ޕޯޗްގަލް އަށް އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޤައުމީޓީމަށް 143 ލަނޑު ކާމިޔާބުކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.