ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ފޮޓޯ/ ޕޮލިސް
ހަބަރު
30 Dec 2025 | 12:21
ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީއަށް މައްސަލައެއް ފޮނުވައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ ފަރާތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގޭންގް ކްރައިމް އިންވެސްޓިގޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަސްދީޤުކުރެވި، މިދިޔަ އޮގަސްޓް އެ ގާނޫނަށް ޢަމަލުކުރަންފެށިފަހުން ޖަމާޢަތް ހަދައިގެން، އެކި ގޭންގު ތަކުގެ ސިފާގައި ކުށްކުރުރުމުގެ ރިކޯޑް އޮންނަ ކުށްކުރާ ފަރާތްތަކުގެ ހަރަކާތްތައް އަތޮޅު ތެރޭއިންނާއި މާލެއިންވެސް ވަރަށް މަދުވެފައިވާ ކަމަށެވެ. 

އަދި އެފަދަ ކަންކަން ހުއްޓުވުމަށް 24/7 ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށާ އެ މަސައްކަތުގެ ތެރެއިން ގޭންގުތައް އެއްވެ އުޅޭތަން ބަލައިފާސްކުރަމުންދާ ކަމަށް އިސްހާގު ވިދާޅުވުއެވެ.

އެގޮތުން މިހާތަނަށް 6 ތަނެއް ބަލައި ފާސްކޮށް، 7 މައްސަލައެއްގައި 11 މީހުން ހައްޔަރުކުރި ކަމަށާ އޭގެ ތެރެއިން ތެރޭގައި ހައްޔަރުގައި 2 މީހުން އެބަތިބި ކަމަށް އިސްހާގު ވިދާޅުވިއެވެ. އަދި، ދެ މައްސަލައެއްގައި ދައުވާ ކުރުމަށް މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.

އަދި ގޭންގް ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައިވޭ. އެހެން ނަމަވެސް އެ އޮފީހުން އަދި ބައެއް ކަންކަން ސާފުކުރުމަށް އަޅުގަނޑުމެންނަށް އަންގާފައިވާތީ އެ މަސައްކަތް މިދަނީ ކުރަމުން

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް

ގޭންގު ކުށްތަކާ ގުޅޭ ޤާނޫނުގެ މަތިން ގޭންގު ކަނޑައެޅުން ބެހިފައިވަނީ އެކި މަރުހަލާތަކުގެ މައްޗަށެވެ. އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހެޅުއްވުމުން އެ އޮފީހުން ކޯޓަށް ހުށަހަޅަން ޖެހެއެވެ.

އެގޮތުން ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެއީ ގޭންގެއްކަމަށް ކަނޑައަޅާނީ ކޯޓުންނެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކުށެއް ކުރާ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.