ސަރުކާރު ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: ފޮޓޯ/ ވޮއިސް
ހަބަރު
31 Dec 2025 | 11:01
ސިވިލްސާވިސްގެ ޤަވާއިދު އިސްލާހްކޮށްފި؛ އަންހެން މުވައްޒަފުންގެ ކަރުވަޅާއި ބުޑު ނިވާކުރަންޖެހޭނެ

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާ ބެހޭ ޤަވާއިދު އިސްލާހްކޮށް ގެޒެޓްކޮށްފިއެވެ.

އެގޮތުން މި އިސްލާހްގައިވާގޮތުން އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު އަޅާހެދުން ހުންނަންޖެހޭނީ ބުޑު ނިވާވާ ގޮތަށް ފަލަމަސްގަނޑާ ހަމައަށެވެ. އަދި ކަރުވަޅުވެސް ހުންނަންވާނީ ނިވާ ކޮށްފައެވެ. 

މި ގަވާއިދުގައި އަންހެން އަދި ފިރިހެން މުވައްޒަފުން ވެސް ރަސްމީ މަސައްކަތަށް ނުކުންނަ އިރު ހެދުން ހުންނަން ޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްދީފަ އެވެ. 

ފިރިހެން މުވައްޒަފުންގެ ހެދުން

• ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުން ކުރެވިދާނެ. އެކަަމަކު ގަމީހުގެ އަތް ހުންނަންވާނީ އަތް ދިގު ގަމީހެއް ނަމަ އަތުގެ ކުޑަހުޅާ ހަމައަށް ކަމަށާއި އަދި އަތްކުރު ގަމީހެއް ނަމަ އަތް ހުންނަން ވާނީ އަތުގެ އުޅަނބޮށްޓަށް ވުރެ ދެ އިންޗި ކުރުނުވާ ވަރަށް.

• ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަން ވާނީ ދިގު ފަޓުލޫނެއް ކަމަށާއި އެއީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރު ކޮށްފައިވާ ފަޓުލޫނަކަށް ވާން ޖެހޭނެ.

• އޮފީސް ގަމީހުގެ ގޮތުގައި ފަހާފައި ހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި އެހެން ގަމީސްތައް ދަށަށް ޖަހަން ވާނެ. އަދި ދަށަށް ޖަހައިފައި ހުންނައިރު ހުންނަން ވާނީ ގަމީސް ދަށަށް ޖަހައި، ބެގީކުރުމުން އަޅައިފައި ހުންނަ ކަމަރު އެއްކޮށް ނުފޮރުވޭ ވަރަށް

• އަޅައިފައި ހުންނަ ކަމަރަކީ ރަސްމީ ހެދުންތަކާ އެކު، ބޭނުންކުރަން އެކަށީގެންވާ ކަމަރަކަށް ވާން ވާނެ

• ރަސްމީ ގަޑީގައި އަދި ރަސްމީ މަސައްކަތްތަކުގައި އަތްދިގު ގަމީހާއި އަތްކުރު ގަމީހާ އެކު ދަށަށް ޖަހައ،ި ޓައީ ބޭނުންކުރަން ވާނެ. ޓައީގައި އަހުލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސްތަކާއި މަންޒަރާއި ކުރެހުން އަދި ކާޓޫނު ނުވަތަ ފޮޓޯ ފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެ.

• ސަޕޯޓް ސާވިސް ގިންތީގައި ހިމެނޭ ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައި ނުވާ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުމަކީ ފަޓުލޫނާއި ގަމީހާއި ބޫޓު.

• އޮފީހަށް ހާޒިރުވާން ވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އަހުލާގީ މިންގަނޑަށް. އެކަމަކު ފާޅުކަން ބޮޑު މޭކަޕެއް އަދި އަނގޮޓި ފިޔަވައި އެހެން ގަހަނާ ބޭނުންކުރުމަކީ ހުއްދަ ކަމެއް ނޫން. އަދި އެއްވެސް ގުނަވަނެއްގައި ގަހަނާއަކަށްވާ އެއްޗެއް ލާފައި ހުރުމަކީ ހުއްދަ ކަމެއް ނޫން

އަންހެން މުވައްޒަފުންގެ ހެދުން

• އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވިދާނެ. އެ ހެދުން ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށާއި އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާން ވާނެ.

• ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުގައި ވުން.

• ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް. އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮއްޓާއި ދެމެދަށް ވުރެ ކުރުނުވާ ގޮތަށް. އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް.

• ހެދުމުގެ މަތީބައި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން ކުރިމަތިން ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ ފަޅާފައި ހުންނަބައި ހުންނަން ވާނީ މައްޗަށް އަތް ދަމާލުމުން އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް. އެ ހެދުމުގެ ދިގު މިން ހުންނަން ވާނީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް.

• އޮފީހުގައި އުޅޭއިރު ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނުގައި.

• ސަޕޯޓް ސާވިސް ގިންތީގައި ހިމެނޭ ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައި ނުވާ މަގާމުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުމަކީ އެ ބައިގައި ބަޔާންކުރެވިފައިވާ ޒާތުގެ ހެދުމާއި އެކަށީގެންވާ ބޫޓު ނުވަތަ އެކަށީގެންވާ ފައިވާނެއް.

• އޮފީހަށް ހާޒިރުވާން ވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް. އަދި ޒީނަތްތެރިވުމުގެ ގޮތުން އަންހެނުން ގަހަނާ އެޅުމާއި މޭކަޕް ކުރުމަކީ ހުއްދަ ކަމެއް.

• މީގެ އިތުރުން އިސްތަށިގަނޑު ބަހައްޓަން ވާނީ ރީތިކޮށް ކަމަށާއި އެކަމަކު ކަޅު ފިޔަވައި ފާޅުކަން ބޮޑު ކުލަ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަ ކަމެއް ނޫން.

ކޮމެންޓް
މުޙައްމަދު ޙުސައިން
ބުރުގާއެއްފަދަ އެއްޗެއް ބޭނުން ނުކުރައްވާ ކަރުވަޅު ނިވައިކުރެއްވޭނެ ގޮތްތައް މިހާރު އިތުރަށް އީޖާދުވާނެހެން ހީވޭ....
02 Jan 2026
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.