ތެލަސީމިއާ ފަރާތަކަށް ލޭ އްޅުމުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
01 Jan 2026 | 12:12
ތެލަސީމިއާ ކުދިންނާ މީހުންނަށް ޚާއްޞަ އެލަވަންސަށް މިއަދުން ފެށިގެން ހުށަހެޅޭނެ

ތެލަސީމިއާ ކުދިންނަށް ޚާއްޞަ ކޮށްގެން ދޭ އެލަވަންސަށް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

މި އެލަވަންސްއަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާ ދިނުމަށް ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާން ކުރާ ޤަވާއިދުގައި ހާމަކޮށްފައިވެއެވެ. 

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން އެކުލަވާލާފައިވާ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ އެލެވެންސް ދެވޭނީ، ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ ކުދިންނަށް ދަޢުލަތުން ދޭ މާލީ އެލަވަންސަށް އެދި ހުށައަޅަން ޖެހެއެވެ. އެގޮތުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން އެޕްރޫވްވުމަށްފަހު ޖެހިގެން އަންނަ މަހުން ފެށިގެން މިއެލަވަންސް ލިބެމުންދާނެއެވެ. އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކުން އެމީހަކު ދިރިއުޅޭ އެޑްރެސްއާއި، އީމެއިލް އެޑްރެސް ހިމަނަންޖެހެއެވެ. އަދި އެލަވަންސަށް އެދޭ ފަރާތަކީ، 18 އަހަރު ނުފެރޭ ކުއްޖެއްނަމަ ފޯމުގައި ބެލެނިވެރިޔާގެ މަޢުލޫމާތު ހިމަނަން ޖެހެއެވެ.

މި ޤަވާއިދުގައި ވާގޮތުން ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލާ ތެލަސީމިއާ ސެންޓަރުން ބަލަހައްޓަން ޖެހޭނެއެވެ. އަދި މިދަފްރަތުގައި ތެލަސީމިއާ ކުދިންގެ މަޢުލޫމާތާއި، ތެލަސީމިއާގެ ބާވަތާއި، ފަރުވާއާއި ގުޅުންހުރި ގިންތިތަކާއި، ތެލަސީމިއާ ކުދިންގެ އުމުރުފުރާތަކާއި، ތެލަސީމިއާ ހާލަތާއި ގުޅިގެން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ކަމަށް ޞިއްޙީ މިންގަނޑަކުން ކަނޑައަޅާ ކުދިންނާއި، އެކުދިންގެ ފަރުވާއާއި ގުޅޭ މުޙިއްމު ތަފްސީލްތައްވެސް އެނގެންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި ގަވައިދުގައި ވަނީ، އެލަވަންސް ދިނުން ހުއްޓާލާނެ ހާލަތްތަކާއި އަލުން އެލަވަންސް ދޭން ފަށަން ޖެހޭނެ ހާލަތްތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން އެލަވަންސް ނުލިބޭ ހާލަތްތަކުގެ ތެރޭގައި އެލަވަންސް ލިބޭ ކުއްޖާއަކީ، ކަމާ ގުޅޭ ފަހުގެ ޞިއްޙީ މިންގަނޑަށް ބަލައި ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކުއްޖެއް ކަމަށް ތެލަސީމިއާ ސެންޓަރުން ކަނޑައެޅުން ނުވަތަ އެލަވަންސް ލިބެމުން ދިޔަ ކުއްޖާ ނިޔާވުން ހިމެނެއެވެ. އަދި އެލަވަންސް ލިބެމުން ދިޔަ ކުއްޖާ އެލަވަންސް ބޭނުން ނުވާކަން ބަޔާންކޮށް ލިޔުމުން އެދުމުންވެސް އެލަވަންސް ދިނުން ހުއްޓާލާނެއެވެ.

އަދި އަލުން އެލަވަންސް ދެވޭނީ، ތެލަސީމިއާ ފަރުވާ ހޯދަމުން ދިޔަ ކުއްޖަކު އާންމު ޙާލަތަކަށް އައުމަށްފަހު، ކަމާ ގުޅޭ ސިއްޙީ މިންގަނޑަކުން ބަލައި އަލުން ފަރުވާ ކުރަންޖެހޭ ފަދަ ޞިއްޙީ ޙާލަތަކަށް ރުޖޫޢަވެފައިވާ ކަމަށް ސެންޓަރުން ކަނޑައެޅުމުންނެވެ.

ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދޭން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޢާންމު ދިރިއުޅުމެއް އުޅުމުގެ ފަހި މާޙައުލެއް ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން، ސަރުކާރުން ވަނީ ތެލަސީމިއާ ފަރުވާ މާލެ ސަރަޙައްދުގައި ފުޅާކޮށް، ހުޅުމާލޭ އޮރެންޖު ހިޔާގައި ޚިދުމަތް ދޭން ފަށާ، ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.