އާރުޑީސީގެ އާ ލޯގޯ
ހަބަރު
01 Jan 2026 | 23:44
އާ އަހަރާއެކު އާރުޑީސީގެ އާ ލޯގޯ ލޯންޗު ކޮށްފި

އާ އަހަރާއެކު އާރުޑީސީގެ އާ ލޯގޯ ލޯންޗު ކޮށްފި އެވެ. 

އެ ކުންފުނިން އާ ލޯގޯ އާންމުކުރުމަށް ފަހު ބުނީ ލޯގޯ އިން ދައްކައިދެނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގައު ކަމަށެވެ. އެގޮތުން ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ފެންނަ މި ލޯގޯއިން އާރުޑީސީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭ ކަަމަށެވެ. 

ދިވެހިރާއްޖޭގެ އާދަކާދަ އާއި ސަގާފަތުގައި ދިވެހި ރުކުގެ ފަނުން ވިޔެފައިވާ ފުރާޅުތަކާއި ފާރުތަކަކީ ކާބަފައިން ދިރިއުޅުމުގެ ކަންކަމަށް އޭރު ބޭނުންކޮށްފައިވާ އެންމެ މުހިންމު އެއް ވަސީލަތެވެ. އޭރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފެނިގެންދިޔައީ ފަނުން ވިޔެފައިވާ ގެތަކާއި ފުރާޅުތަކެވެ. ފަން ވިޔުމުގައި ކޮންމެ ފަތެއް އަނެއް ފަތަކާ ގުޅި، ބާރުވެރިވެ، އެކުގައި ވަރުގަދަ އެއްޗަކަށް ވެގެންދެ އެވެ. މިއީ ދިވެހިންގެ ދިރިއުޅުމުގައި ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރަމްޒެކެވެ. 

މިއަދު އާރުޑީސީ ރީބްރޭންޑް ކުރުމުގައި މި ވިޔުމުގެ ފަންނުން "އިންސްޕިރޭޝަން" ލިބިގަންނަނީ ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރި ދިވެހި ރުކުގެ ފަނުންއެކުލެވިގެންވާ މުހިންމު މާނަތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފަން ވިނުމުގެ ފުރަތަމަ ފަންވަތް މަޅާލުމުން ފެށިގެން ނިޒާމެއް އުފެދިގެންއަންނަ ގޮތް ދައްކުވައިދޭ މި ލޯގޯއަކީ ކުންފުނީގެ މަސައްކަތުގެ ވާހަކަ ކިޔައިދޭ ލޯގޯއެއް ކަމަށާ އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތަކީވެސް ބިންގަލެއް އެޅުމަށް އަދި ގުޅުންތަކެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ބުނީ އެކަކު އަނެކަކާ އެކުވެރިކަން އާލާކޮށް ގުޅުންތައް ވަރުގަދަވުން އެއީ މި ލޯގޯގެ އެއް މާނަ ކަމަށެވެ.

ވިޔުމުގެ ޕްރޮސެސްގައި ކޮންމެ ފަންވަތެއް އަނެއް ފަންވަތާއި ގުޅި، އެއްބާރުލުން ދީ، އެހީތެރިވެދޭ ފަދައިން، އެ ކުންފުނިން ވެސް ފެންނަނީ އެފަދަ ގުޅުންތަކާއި މުވައްޒަފުންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމުގެ ގުޅުން ކަމުގައިވެސް ބުނެފައިވެ އެވެ. އާރުޑީސީން ޚިދުމަތް ފޯރޮކޮށްދޭ ފަރާތްތަކާއި މުވައްޒަފުންނާއި ދެމެދުގައި އޮންނަ ގާތް ގުޅުމާއި މުޖުތަމައުއަށް ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި އޮންނަ ގާތް ގުޅުންވެސް ލޯގޯއިން ރަމްޒުކޮށްދެ އެވެ.

މީގެ ކޮންމެ ގުޅުމަކީވެސް ކުންފުނީގެ ކޮންމެ ޑިޕާޓްމަންޓަކުން ވެސް ކުރާވަކިވަކި މަސައްކަތްތަކާއި އެކުވެގެން އުފެދޭ ވަރުގަދަ ގުޅުމެއް ކަމާއި ދިވެހި ރުކުގެ ފަނުން ވިޔެފައިވާ ފުރާޅެއް ފަދައިން، މި ކުންފުނީގައި ކޮންމެ މުވައްޒަފެއްގެ  ދައުރަކީވެސް ކުންފުނީގެ ކޮންމެ މުއައްޒަފެއްގެ އެކުވެރިކަމާއި އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ކުންފުނީގެ ކޮންމެ މުއައްޒަފަކީވެސް އެކުވެރި މާހައުލެއްގައި މައްސައްކަތް ކުރަމުން އަންނަ މުއައްޒަފެއް ކަމަށް ބުނެފައިވެ އެވެ. އަދި ބުނީ ކުންފުނީގެ ލޯގޯގައި ހަ ކަން (ހެކްސަގޮން) މި ބައްޓަމުން ދައްކުވައިދެނީ ކުންފުނީގެ ހަރުދަނާކަމާއި، ބިންގަލުގެ ވަރުގަދަ ކަން ކަމަށެވެ.

"ރީބްރޭންޑްކުރުމުގެ މި މަސައްކަތަކީ އަޅުގަނޑުމެންގެ ކުންފުނީގެ އާފެށުމެއް. ދިވެހި އަތްތެރިކަމުގެ ފުރަތަމަ މަރުހަލާއިން ފެށިގެން، މިކުންފުނިވެސް އާ ފޮޅުވަތެއް ލިޔަމުން މިދަނީ އެ އަސާސީ ހަމަތަކުގެ މައްޗަށްބިނާކޮށް. މި ލޯގޯއަކީ މި ކުންފުނީގެ މާޒީއާއި މުސްތަޤްބަލު ގުޅުވައިދޭފާލަމެއް," އާރުޑީސީން ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.