ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ބަޔަކު ... ފޮޓޯ: ވޮއިސް
03 Jan 2026 | 11:17
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މިދިޔަ އަހަރަކީ މި ފަހުގެ ތާރީހެއްގައި އެންމެބޮޑު ކުރިއެރުމެއް ލިބުނު އަހަރެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2,246,516 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތަ އިތުރުވުމެކެވެ. އެއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 2,046,615 އެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިްނގެ އަދަދަކީ 1,878,543 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވުނު އެއް ކުރިއެރުމަކީ 2024 ވަނަ އަހަަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްތައް މިދިޔަ އަހަރު ހިފެހެއްޓި، އެ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އެގޮތުން ޗައިނާ، ރަޝިއާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އިޓަލީ، ފްރާންސް، އެމެރިކާ ފަދަ މާކެޓްތައް ހިފެހެއްޓި އެ ޤައުމުތަކުން ރައްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ.

ހާއްސަ ގޮތެއްގައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރަށް ކުރިއެރުން އައިސްފައިމިވަނީ ވިލާތުގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކުގައިކަން ފާހަގަކޮށްލެވެެވެ. މީގެ ތެރޭގައި ޔުކްރެއިން/ރަޝިއާ މައްސަލަ ފާހަގަކޮށްލެވެއެވެ.

މިދިޔަ ދެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 މާކެޓް... މައުލޫމާތު: ޓޫރިޒަމް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަގޮތެއްގައި ކޮންމެ ދުވަހަކު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތްވެސް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު އެދެވޭފަދަ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން 2024 ވަނަ އަހަރު ކޮންމެ ދުވަހަކު ޖުމްލަގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 5,593 ގައި ހުރިއިރު މިދިޔަ އަހަރު މިއަދަދު ހުރީ 6,155 ގައެވެ.

އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މިދިޔަ އަހަރާއި މިއަހަރު ރާއްޖޭގެ އިގްތިސާދަށް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނޭކަން ފާހަގަކުރައްވާފައެވެ. އޭގެ އެންމެބޮޑު އެއް ސަބަބަކީ ފަތުރުވެރިކަމަށް ލިބޭނޭކަމަށް ލަފާކުރާ ކުރިއެރުމެވެ. މިދިޔަ އަހަރުގެ ޓޫރިޒަމް ޖީއެސްޓީއަށް އެކަނި ބެލިނަމަވެސް އާމްދަނީގެ ގޮތުގައި ދައުލަތުގެ ބައިތުލްމާލަށް ވަނީ 9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. ނޮވެމްބަރު އަދި ޑިސެމްބަރުގެ އާމްދަނީ ރިޕޯޓް ލިބުމުން މިއަދަދު އަދި މިއަށްވުރެ ބޮޑުތަން އިތުރުވާނޭކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.