ތުޅާދޫ ހައުސިން ޔުނިޓްތައް.. ފޮޓޯ: ވޮއިސް
ހަބަރު
03 Jan 2026 | 14:50
ތުޅާދޫ ހައުސިން ޔުނިޓްތަކުގެ މައްސަލައަށް ސަރުކާރުން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

ބ.ތުޅާދޫ ހައުސިން ޔުނިޓްތަކުގެ މައްސަލައަށް ސަރުކާރުން ވަނީ ކުރިއަށްއޮތް ލޯކަލް ކައުްނސިލް އިންތިހާބަށް ނުފޫޒު ފޯރުވަންކަމަށް އިދިކޮޅޫ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ތުޅާދޫ ހައުސިން ޔުނިޓްތައް ނެގި މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނުގައި މިއަދު ބުނީ, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނުގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކަށް މުހިންމު ބާރުތަކާ ވަސީލަތްތައް ފަހިކޮށްދީފައި ވާނޭކަމަށެވެ. ނަމަވެސް ޕީއެންސީގެ ސަރުކާރު އައިފަހުން ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށުކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި، ހައުސިން ޔުނިޓްތައް ހައުސިން މިނިސްޓްރީއަށް ނަގާފައިވާކަން ފާހަގަކޮށްފައެވެ.

އެގޮތުން ހައުސިން ޔުނިޓްތަކަށް އަތްގަދަކޮށް ޔުނިޓްތައް އަލުން ދޫކުރަން މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ޤާނޫނޫއަސާސީއާއި ލާމަރުކަޒީ ޤާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި މިއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްމަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަމެއްކަމަށާއި އެކަން ހުއްޓައިލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ސަރުކާރުގެ އެ އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ތުޅާދޫ ކައުންސިލަށް ގޮވާލަމުން އެމްޑީޕީން ބުނީ އެ މަސައްކަތުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނޭކަމަށެވެ.

މައްސަލަބޮޑުވެފައިވާ ތުޅާދޫ ހައުސިން ޔުނިޓްތަކުގެ މައްސަލާގައި އެރަށު ކައުންސިލުން ވަނީ، މާދަމާ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.