ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ އެއީ ކުއްޖެއް ވިއްކި އެއްޗެއް ކަމަށް

ކްރިމިނަލް ކޯޓް

ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވެނީ މާލޭގައި ދިރިއުޅޭ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. 

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން މީނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށެވެ. އަދި އެއީ މީގެ ކުރިންވެސް ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ބަންދު ރެކޯޑު އޮތް މީހެކެވެ. 

ބަންދު އަމުރުގައި އިތުރަށް ބުނީ، އޭނާގެ އަތުން ފެނުނު ފޯނަކީ އޭނާ ކުއްޖެއްގެ އަތުން ގަތް ފޯނެއްކަމަށާއި އެއީ ކޮން ނަމެއް ކިޔާ ކުއްޖެއްކަމެއް މިހާރު ހަނދާން ނެތްކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުޓޭޖުތައް ބެލިބެލުމުން އޭނާ ބޯޓަށް އަރާ މަންޒަރު ފެންނަކަމަށާއި އަދި އޭނާގެ އަތުން ގެއްލުނުކަމަށް ބުނާ ފޯނު އޭނާގެ އަތުން ފެނިފައިވާކަމަށް އައިއޯ ފާހަގަކުރިކަންވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް