މަޖިލީހުގެ ނާއިބު ރައީސް ނާޒިމް: ފޮޓޯ/ މަޖިލިސް
ހަބަރު
05 Jan 2026 | 10:32
ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނަގައި ކުޅުނީ ޖުވާ، ފައިސާ ވަނީ ގެއްލިފައި: ނާޒިމް

މިދިޔަ އަހަރު އެމްޕީއެލް ބަނދަރުގައި ހުއްޓައި ގެއްލުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުން މަންފާ ނަގައި، އެ ވައްކަމުގައި ބައިވެރިވީ މީހުން ފައިސާ ބޭނުން ކުރީ ޖުވާ ކުޅުމަށްކަމަށާ ނަމަވެސް އެކަމުން ހޯދި ފައިސާ ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިކަން ހާމަކުރެއްވީ، މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ނާޒިމް ވިދާޅުވީ ޖުވާ ކުޅުމާ ބެޓް ކުރުމަކީ މިހާރު ރާއްޖޭގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. 

އެކަން އަޅުގަނޑުމެންނަށް އެނގިފައު އެބައޮތް ދާދިފަހުން ހިނގައިދިޔަ ވައްކަންތަކުންވެސް. އެންމެ ބޮޑު ވައްކަމެއްގެ ގޮތުގައި މި ފާހަގަކުރެވުނު ސިނގިރޭޓުގެ ވަގުކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ ފައިސާ ލިބުނު ފަރާތްތަކުން ވަނީ އެ ފައިސާ ބެޓްކޮށް އަދި ޖުވާ ކުޅެ އޭގެން ނަފާ ހޯދަން މަސައްކަތްކޮށް އެ ހުރިހާ ފައިސާއެއް ގެއްލިފައި. އަދި އެފަރާތްތަކުން އެ ޖުވާކުޅެގެން އެފަރާތްތަކަށް ލިބުނު ފައިދާ އެ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދޭން ވެސް ވަކި ކުންފުނިތަކެއް ހަދާފަ ޖުވާކުޅޭ މީހުން ހުރިކަންވެސް އެކަމުގެ ތެރެއިން އެނގިފައިވޭ. މީގެއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ވަރަށް ފުޅާ ދާއިރާއެއްގައި މި އަދި އަޅުގަނޑުމެންގެ މުޖުތަމައުގަ އަޅުގަނޑުމެންގެ ލޯމައްޗަށް މި ފެންނަ ވަރަށްވުރެ މާ ފުންކޮށް އެކަން ހިނގަމުންދާކަން…

މެންބަރު ނާޒިމް

ލޖުވާކުޅެގެން ލިބޭ މި ފައިސާ ޖަމާކުރުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ބޭނުންކުރަމުން އަންނަ ކަމަށާ، އެ ކުންފުނި ތަކުން ފައިސާ ޖަމާކުރަމުންދަނީ ބޭންކުތަކަށް ފާހަގަނުވާނެހެން ކުދިކުދި އަދަދުތަކުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭންކުންވެސް އެފަދަ ސައިޓްތައް މެދުވެރިކޮށް ކުރާ މުޢާމަލާތްތައް ހުއްޓުމަށް މަސައްކަތްކުރާކަން ނާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް ގާނޫނުގައި ”ސްކޭމް“ އަކީ ކޮބައިކަމާއި، އެކަން ކުރާ ފަރާތްތަކަށް ދެވޭނެ އަދަބުތައް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން ދަތިތަކާ ކުރިމަތިވާ ކަމަށާ، ހުށަހެޅިފައިވާ ގާނޫނާއެކު އެކަން ހައްލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ގާނޫނުގައި އެ ކުށަކީ ކޮބައިކަން ބަޔާންކުރެވިފައި ނެތުމުގެ ސަބަބުން މި ޕްރޮސެކިއުޓް ކުރުމުގެ ދާއިރާގައި މަސައްކަތްތަކަށް ހައްލެއް ގެނެސްދިނުން މީގެ ބޭނުމަކީ.

މެންބަރު ނާޒިމް

ވަގަށް އެތެރެ ކުރަން އުޅުނު މި ސިނގިރޭޓު ކޮންޓެއިނަރުން ދައުލަތަށް ޑިއުޓީއެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރާއިރު ގެއްލުނު ސިނގިރޭޓަށް ވީނުވީއެއް އަދިވެސް ނޭނގެ އެވެ.

މި މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކު ހިމެނޭ ގޮތަށް ގިނަ ބަައެއްގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.