އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
07 Jan 2026 | 08:23
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާއާ ހަވާލުކުރަން ޓްރަމްޕް އަންގައިފި

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އޮތް ވެނެޒުއޭލާގެ 30 އާއި 50 މިލިއަނާ ދެމެދުގެ އަދަދެއްގެ ތެޔޮ ފީފާ އެމެރިކާއާ ހަވާލުކުރަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކޮށްފިއެވެ.

ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި އޭނާ ބުނެފައިވާގޮތުން، ވެނެޒުއޭލާގެ އެކްސްޕޯޓަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ގުދަންކޮށްފައި ހުރި މި ތެޔޮތައް ވިއްކާނީ ބާޒާރުގެ އަގުގައި ކަމަށެވެ. އަދި އެއިން ލިބޭ އާމްދަނީ ބޭނުންކުރާނީ ވެނެޒުއޭލާ އާއި އެމެރިކާގެ ”ރައްޔިތުންގެ ލާބައަށްކަން“ ކަށަވަރު ކުރުމަށްޓަކައި، އެ ފައިސާ ކޮންޓްރޯލް ކުރާނީވެސް ސީދާ އޭނާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

މި މަސައްކަތް ވަގުތުން ފެށުމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓަށް މިހާރު އަމުރުކޮށްފައިވާ ކަމަށް ޓްރަމްޕް ބުންޏެވެ.

"މި ތެޔޮ ގެންދާނީ ސްޓޯރޭޖް އުޅަނދުފަހަރުގައި، އެމެރިކާގެ ބަނދަރުތަކަށް ސީދާ ބޭލުމަށްޓަކައި،" ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕްގެ މި އިޢުލާނަކީ ވެނެޒުއޭލާގެ ތެޔޮ ރިޒާވް "އަތުލައިގަތުމަށާއި" އެ ޤައުމުގެ ހީނަރުވެފައިވާ ހަކަތައިގެ ސިނާޢަތް ”އަލުން އާރާސްތުކުރާނެކަމަށް“ ބުނެ ވެފައިވާ ވަޢުދުގެ ދަށުން ނިންމި ނިންމުމެއް ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ ވެނެޒުއޭލާގެ އިންފްރާސްޓްރަކްޗާ މަރާމާތުކުރުމަށް އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބިލިއަނުން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތައް ކަމަށްވާ ޗެވްރޮން، އެކްސަން މޮބިލް އަދި ކޮނޯކޯފިލިޕްސްގެ މަންދޫބުން ކުރިއަށް އޮތް ހުކުރު ދުވަހު ރައީސް ޓްރަމްޕާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓް ބުނެއެވެ.

ހަކަތައިގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި 50 މިލިއަން ފީފާ ތެލަކީ ދުނިޔޭގެ ބާޒާރަށް ބަލާއިރު ނިސްބަތުން ކުޑަ މިންވަރެކެވެ. ދުނިޔޭގައި ދުވާލަކު 100 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ބޭނުންކުރާއިރު، އެމެރިކާއިން އެކަނިވެސް ދުވާލަކު 14 މިލިއަން ފީފާ ތެޔޮ އުފައްދައެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ތަޖުރިބާކާރެއް ކަމަށްވާ ސްކޮޓް މޮންޓްގޮމެރީ ބުނީ، ތެލުން ލިބޭ އާމްދަނީ ޓްރަމްޕްގެ ސަރުކާރުން ބަހާނެ ގޮތަކާ މެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެޔޮ އުފެއްދުން ކުރީގެ މިންވަރަށް ގެންދިއުމަށްޓަކައި ގާތްގަނޑަކަށް 110 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ވެނެޒުއޭލާއަކީ ދުނިޔޭގައި އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ޤައުމު ކަމަށްވީ ނަމަވެސް، އެމެރިކާގެ ފިޔަވަޅުތަކާއި، ކޮރަޕްޝަނާއި، ބެލެހެއްޓުން ދަށްވުމުގެ ސަބަބުން އެ ޤައުމުގެ ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރު އެ ޤައުމުން އުފައްދަނީ ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ 1 އިންސައްތައަށްވުރެ ކުޑަ މިންވަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.