އެމެރިކާއިން ސީރިއާއަށް ހަމަލާފިނުމަށް ތައްޔާރު ވުމުގެ ތެރެއިން-- ފޮޓޯ/ އޭޕީ ނިއުސް
ދުނިޔެ
11 Jan 2026 | 10:20
ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ސީރިޔާގެ އެކި ސަރަހައްދުތަކުގައިވާ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ މަގާމުތަކަށް އަމާޒުކޮށް، އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިފިއެވެ. 

އެމެރިކާގެ އޮފިޝަލުން ބުނީ، ރޭވުންތެރިކަމާއެކު ދޭން ފެށި މި ހަމަލާތަކަކީ، ސީރިޔާގެ މެދުތެރޭގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕަލްމައިރާ ކައިރީގައި އައިސިސްއާ ގުޅުންހުރި ހަނގުރާމަވެރިން އެމެރިކާގެ ޕެޓްރޯލް ޓީމަކަށް ދިން ކުއްލި ހަމަލާއަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ދެ މެންބަރުންނާއި އާންމު ތަރުޖަމާނަކު މަރުވުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ދެވޭ ހަމަލާތަކެއްކަމަށެވެ. މިއާއިއެކު މި ހަމަނުޖެހުންތައް ވެފައިވަނީ ފާއިތުވި އަހަރުތަކުގައި ވެސް އެ ސަރަހައްދުގައި ހިންގަން ފަށައިފައިވާ އެންމެ ބޮޑު އެއް އަސްކަރީ ހަމަނުޖެހުމަށެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި، މި އޮޕަރޭޝަންގައި ވައިގެ މަގުންނާއި ޑްރޯން ބޭނުންކޮށްގެން އައިސިސްގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާތަކެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އެ ޖަމާއަތުގެ ހަތިޔާރު ގުދަންތަކާއި، ކޮމާންޑް ސެންޓަރުތަކާއި، ތަމްރީނު ކޭމްޕުތަކުގެ އިތުރުން ލޮޖިސްޓިކް މަރުކަޒުތައް ހިމެނެއެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ އައިސިސްގެ އޮޕަރޭޝަނަލް ގާބިލުކަން ނައްތާލައި، އެ ގައުމުގައި ހަރަކާތްތެރިވާ އެމެރިކާއާއި ކޯލިޝަން ފައުޖުތަކަށް ކުރިމަތިވެދާނެ އިތުރު ހަމަލާތަކަކުން ރައްކާތެރިވު

ސީރިއާގެ ހަމަލާއަކުން މަރުވި އެމެރިކާ ސިފައިނެއް އެނބުރި އެމެރިކާއަށް ގެންދިޔުމުގެ ތެރެއިން-- ފޮޓޯ/ ޑަބްލިޔުއެސްޖޭ

ޕެންޓަގަންގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ދާދިފަހުން ދިން މި ހަމަލާތަކަކީ އިސްލާމިކް ސްޓޭޓް (އައި.އެސް) އަށް އަލުން އިންތިޒާމުވެ، ހަތިޔާރު ހޯދައި، ބޭރުގެ ގައުމުތަކަށް ހަމަލާދިނުމުގެ ފުރުސަތު ނުދިނުމަށްޓަކައި ހިންގާ ފުޅާ ކައުންޓަރ-ޓެރަރިޒަމް ކެމްޕޭނެއްގެ ބައެކެވެ.

މީގެ އަހަރުތަކެއް ކުރިން އިރާގާއި ސޫރިޔާގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ގެއްލުނު ނަމަވެސް، އައި.އެސް އިން އަދިވެސް ދަނީ ހަނގުރާމަވެރި ބާރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. ޚާއްޞަކޮށް ސޫރިޔާގެ ސަހަރާ ސަރަހައްދުތަކުގައި އެ ޖަމާއަތުގެ ހަރަކާތްތައް އަދިވެސް ފާހަގަކުރެވެއެވެ. ޖާސޫސީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތަކާއި، ވެރިކަން ހިންގުމުގެ ނިޒާމު ބަލިކަށިވުމާއި، ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ފައިދާ ނަގައިގެން އެ ޖަމާއަތުން ދަނީ ސިއްރު ގްރޫޕުތައް (ސްލީޕަރ ސެލްސް) ދަމަހައްޓައި، ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެގައުމުން ސޫރިއާއަށް ދިން މި ހަމަލާ ސިފަކޮށްފައިވަނީ ރައްދުގައި ދިން އަދި ކުރިއަށް އޮތްތަނުގައި ދީފާނެ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ދިން ހަމަލާތަކެއްގެ ގޮތުގައެވެ. އަދި އެމެރިކާގެ އަސްކަރީ މުވައްޒަފުންނަށް ނުރައްކާކުރާ ކޮންމެ ބަޔަކާ ދެކޮޅަށްވެސް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.

އެމެރިކާއިން މި އޮޕަރޭޝަންގައި ހަނގުރާމަމަތީ ބޯޓުތަކާއި، ފާރަވެރިވާ މަތިންދާބޯޓުތަކާއި، ހަތިޔާރު އެޅި ޑްރޯންތައް ހިމެނޭހެން 20 އަށްވުރެ ގިނަ އުޅަނދު ބޭނުންކޮށްފައިވެއެވެ. އަދި ސޫރިޔާގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގައި ހުރި އައި.އެސްގެ 35 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދިނުމަށް، އަމާޒަށް ސީދާ ވާސިލުވާ 90 އަށްވުރެ ގިނަ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ 2019 ވަނަ އަހަރު އައި.އެސްގެ ބާރުގެ ދަށުގައި އޮތް ބިންތައް ގެއްލުނު ފަހުން، އެއް ދުވަހެއްގެ ތެރޭގައި އެމެރިކާއިން އެ ޖަމާއަތާ ދެކޮޅަށް ދިން އެންމެ ބޮޑު އެއް ހަމަލާއެވެ. 

އެމެރިކާއިން ސީރިއާއަށް ހަމަލާފިނުމަށް ތައްޔާރުކޮށްފައިވާ ފައިޓާ ޖެޓު ތަކެއް-- ފޮޓޯ/ރިއުޓާސް

އައިސިސްއާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އެ ސަރަހައްދުގެ ބާރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެމެރިކާގެ ގާތްގަނޑަކަށް 1,000 ސިފައިން އަދިވެސް ސޫރިޔާގައި އެބަތިއްބެވެ. ނަމަވެސް އެމެރިކާގެ އިސް އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ ގައުމުގެ ސިފައިން އެ ސަރަހައްދުގައި ތިބީ ހަމައެކަނި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށާއި، ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެއްވެސް އަސްކަރީ ހަރަކާތެއް ހިންގުމުގެ ނިޔަތެއް ނެތް ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވަރަށް ބޮޑަށް ބަލައިގެންނެވެ. ނަމަވެސް، އެ ސަރަހައްދުތަކަށް ވަނުމަށް ހުރަސްތަކެއް ހުރުމުގެ ސަބަބުން، މިކަން ކަށަވަރުކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައިކަމަށެވެ. 

މިދެގައުމުގައި ކުރިއަށް މިދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ މަސްރަހަށް ވެސް އެތަކެއް އަސަރުތަކެއް ކުރާނެއެވެ. ނަމަވެސް އެމެރިކާއިން ބުނީ މަސްރަހު ބަދަލުވަމުން ދިޔަޔަސް ބޭނުންވެއްޖެ ހާލަތެއްގައި އިތުރު ހަމަލާތައް ދިނުމަށް އަދިވެސް ތައްޔާރަށް އޮތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.