ރަށްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ތައްޔާރުކޮށްފައި... ފޮޓޯ: ދައުލަތުގެ މީޑިއާ
ހަބަރު
12 Jan 2026 | 21:50
ގިނަ ރަށްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވައިފި

އަތޮޅުތެރޭގެ ރަށްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ގިނަ ރަށްތަކެއްގެ ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވައިފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރިއަށްއޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓެކްސްޓް ފޮތްތައް ފޮނުވައި ނިންމުމަކީ އެ މިނިސްޓްރީގެ އަމާޒުކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތައް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ކަނޑައެޅިފައިވާ ތާރީހަށް އެކަންކޮށް ނިންމާލެވޭނޭކަމަށެވެ. އެގޮތުން މިހާރުވެސް 60 އިންސައްތަ ރަށަށް ޓެކްސްޓް ފޮތްތައް ފޮނުވާފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

ފޮތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ، ބޯޓުފަހަރަށް ފޮތްތައް ގެންދިއުމުގައިވެސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުރިކަމަށެވެ.

ފޮތްތައް ހަމަކުރުމުގެ މަސައްކަތް ކުރިން އަރަބިއްޔާ ބޮޑު ގުދަނެއްގައި ކުރަމުން އައިނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށްގެންދަނީ، އަމީނިއްޔާ ސްކޫލްގައެވެ.

އަތޮޅުތެރެއަށް ގެންދިއުމަށް ފޮތްތައް ހަމަކުރަނީ... ފޮޓޯ: ދައުލަތުގެ މީޑިއާ

ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

ކުރިއަށްއޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ، ޖެނުއަރީމަހުގެ 27 ވަނަ ދުވަހެވެ. ނިމުނު ދިރާސީ އަހަރުގެ ބޮޑުޗުއްޓީއަށް ދަރިވަރުން ގޮސްފައިވަނީ، ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.