ތުއްތު ކުއްޖަކަށް ފަރުވާދެނީ:
ހަބަރު
13 Jan 2026 | 11:13
އައިޖީއެމްއެޗްގައި އުފަންވި ކުދިންގެ 4.2 އިންސައްތަ ކުދިންގެ ކިބައިގައި އުފަންވީއިރު އައިބު ހުރި: ދިރާސާ

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އުފަންވި ކުދިންގެ ތެރެއިން 4.24 އިންސައްތަ ކުދިންނަކީ އުފަންވީއިރު އެކި ކަހަލަ އައިބުތައް (birth defects) ހުރި ކުދިން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

"ބާތް ޑިފެކްޓް ސަވައިލެންސް އިން ދަ މެއިން ގަވަރްންމަންޓް ރިފަރަލް ހޮސްޕިޓަލް އޮފް މޯލްޑިވްސް ފްރޮމް 2016 ޓު 2024" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާއަކީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ކަމަށްވާ ޑރ. އަޙްމަދު ފައިސަލް، ޑރ. ހަމްސާ ޢާރިފް ރަޝީދު، ޑރ. މިހުނާތު މުޞްޠަފާ އަދި ޑރ. ނިޔާޝާ އިބްރާހީމް އެކުވެގެން ތައްޔާރުކުރައްވާފައިވާ ދިރާސާއެކެވެ.

މި ދިރާސާގައި 2016 އިން 2024 ވަނަ އަހަރާ ހަމައަށް އައިޖީއެމްއެޗްގައި ދިރިހުއްޓާ އުފަންވި 17,188 ކުދިންގެ މަޢުލޫމާތު ވަނީ ބަލާފައެވެ. އޭގެ ތެރެއިން 729 ކުދިންގެ ކިބައިގައި އުފަންވީއިރު އައިބު ހުރިކަން ފާހަގަކުރެވިފައިވާއިރު، ޖުމްލަ 1,215 އައިބެއް އެ ކުދިންގެ ކިބައިން ފެނިފައިވެއެވެ.

ދިރާސާގެ މުހިންމު ބައެއް ހޯދުންތައް:

އައިބު ހުރި ކުދިންގެ ނިސްބަތް: ކޮންމެ 1,000 ކުދިންނަށް 42.4 ކުދިން.

އެންމެ ގިނަ އައިބު: އެންމެ ގިނައިން ފެނިފައިވަނީ ހިތާއި ލޭހިނގާ ނިޒާމުގެ އައިބުތަކެވެ (28.7 އިންސައްތަ).

މައިންގެ ޞިއްޙަތު: އައިބު ހުރި ކުދިން އުފަންވި މައިންގެ ތެރެއިން 107 މައިންނަކީ (15 އިންސައްތަ) މާބަނޑު ދުވަސްވަރު ހަކުރު ބަލި ނުވަތަ ޖެސްޓޭޝަނަލް ޑައިބެޓީސް ހުރި މީހުންނެވެ.

ނިޔާވި ކުދިން: ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން 27 ކުއްޖަކު ވަނީ ނިޔާވެފައެވެ. މީގެ ތެރެއިން ގިނަ ކުދިން ނިޔާވީ ފުއްޕާމޭ ރަނގަޅަށް އުފެދިފައި ނެތުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، އައިބު ހުރި ކުދިންގެ ތެރެއިން 312 ކުދިންނަކީ ދުވަސް ނުފުރާ އުފަންވި ކުދިން ކަމަށާއި، އޭގެ ތެރެއިން ގިނަ ކުދިން އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް މި ދިރާސާއިން އެނގެއެވެ. އަދި އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިންގެ ކިބައިގައި މިފަދަ އައިބުތައް ހުރި މިންވަރު އިތުރުކަންވެސް ފާހަގަކޮށްފައިވެއެވެ. 

ހަމައެހެންމެ 82 ކުއްޖަކަށް އުފަންވުމާއެކު ނޭވާލުމަށް އެހީތެރިވެދޭން ޖެހުނު ކަމަށްވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ތުއްތު ކުދިން މަރުވާ ނިސްބަތް ދަށްވަމުން ދާއިރު، އުފަންވާއިރު ހުންނަ އައިބުތަކުގެ ސަބަބުން ކުދިން ބަލިވުމާއި މަރުވުމުގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، މިކަން ހައްލުކުރުމަށްޓަކައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރާ މިންވަރު ބެލުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ކަންކަން ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުން މުހިންމެވެ.

މި ދިރާސާގައި އިތުރަށް ލަފާދީފައިވަނީ، އުފަންވާއިރު ހުންނަ އައިބުތައް ދެނެގަތުމަށް ހަދާ ސްކްރީނިންގްތައް ވަރުގަދަކުރުމަށާއި، ޚާއްސަކޮށް ތެލެސީމިއާ ފަދަ ބަލިތައްވެސް މިފަދަ ދިރާސާތަކުގައި ހިމެނުމަށެވެ. އަދި މާބަނޑު ދުވަސްވަރު ދެވޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަންވެސް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ހޯދުންތަކަކީ ސީރިއަސް ހޯދުންތަކެއް ނަމަވެސް، މުޅި ގައުމުގެ ހާލަތު މިއަށްވުރެ ވެސް ގޯސްވުން އެކަށީގެންވާ ކަމަށް ދިރާސާކުރި ޑޮކްޓަރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.