ރައީސް ނަޝީދާއި ލަންކާ ސަފީރު:
ހަބަރު
13 Jan 2026 | 11:41
އީރާނު ސަފީރަށް ނަޝީދުގެ ރައްދު: ”ހަނދާންވަނީ މައުމޫނުގެ ދައުރުގައި މުޒާހަރާ ކުރުމުން ކުރެއްވި ތުހުމަތު“

އީރާނުގެ މަގުތަކުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް، ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ ސަފީރު ދެއްވި ރައްދަށް ރައީސް ނަޝީދު އަނެއްކާވެސް ރައްދު ދެއްވައިފިއެވެ.

އީރާނުގެ ރައްޔިތުން އެ ގައުމުގައި ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކުރައްވައި މިމަހު 11 ވަނަ ދުވަހު ރައީސް ނަޝީދު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެޕޯސްޓުގައި ނަޝީދު ވިދާޅުވެފައިވަނީ އީރާނުގެ ރައްޔިތުންނަކީ މުސްލިމް އަޚުންނާއި އުޚުތުން ކަމަށާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ތިބެންވާނީ ސަރުކާރު ހިމާޔަތްކުރުމުގެ ބަދަލުގައި ރައްޔިތުންނާއެކު ކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެމުން ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ އެކްސް އެކައުންޓުން ބުނެފައިވަނީ، ޖޫން 2025 ގައި ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ޒަޔަނިސްޓު އިސްރާއީލުން އީރާނުގެ ސިޓީތަކަށާއި އާންމުންނަށް ދިން ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ.

އަދި އެމެރިކާގެ އެހީތެރިކަމާއެކު ދޭ މި ހަމަލާތަކުގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފެއްދުން ކަމަށާއި، މޮސާޑާ ގުޅުންހުރި ޓެރަރިސްޓުން މިސްކިތްތަކާއި ހޮސްޕިޓަލްތަކަށް ގެއްލުން ދެމުންދާ ކަމަށްވެސް އެމްބަސީން ބުންޏެވެ. މި ނުރައްކާތެރި ހާލަތުގައި ނަޝީދު ހުންނެވީ ކޮން ފަރާތެއްގައިތޯވެސް ސަފީރު ވަނީ ސުވާލު ކުރައްވާފައެވެ.

ސަފީރުގެ މި ސުވާލުތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އީރާނުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުމާ ދެކޮޅު ކަމަށާއި، ނަމަވެސް މަގުތަކަށް ނުކުމެ ތިބި ޒުވާން މުޒާހަރާވެރިންނަށް ތާއީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އީރާނު ސަރުކާރުގެ މި ވާހަކަތަކުން އެމަނިކުފާނަށް ހަނދާންވަނީ ރާއްޖޭގެ މާޒީ ކަމަށެވެ.

”ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ދައުރުގައި އިސްލާހީ މަސައްކަތަށް އެކްޓިވިސްޓުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުން، އެއީ ކްރިސްޓިއަން މިޝަނަރީންގެ އެހީގައި ކުރާ ކަމެއް ކަމަށް ރައީސް މައުމޫނު ތުހުމަތު ކުރެއްވި“ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުން އުފުލާ އަޑަކީ އެމީހުން ތަހައްމަލު ކުރަމުންދާ އަނިޔާވެރިކަމާއި އަނިޔާތަކެވެ. އަދި އީރާނުގެ ޒުވާނުން އެމީހުންގެ ހައްގުތަކަށްޓަކައި ކުރާ މަސައްކަތުގައި އެމަނިކުފާނު ހުންނެވީ އެ ޒުވާނުންނާއެކު ކަމަށް މިފަހަރުވެސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ީއިހުސާނު
ޝުޖުރިއްޔާ ހަނދާންކޮއްދިން ކަން. އިއްޔެވެސް އަދި މިއަދުވެސ މަނިކްފާނުގެ ބަހާ ަމަލަށް ބަލާއިރު މައުމޫން ވިދާޅުވީ ތެދުފުޅެއްކަން މިހާރު ހިރިހާ ދިވެހީންނަސް ވެސް އެނގޭ
13 Jan 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.