ޑީޖޭ މީކާ... ފޮޓޯ/ ދިރާގު
ހަބަރު
13 Jan 2026 | 14:38
ދިރާގުން ދޭ ފުރަތަމަ ސްޕީޑްބޯޓް ހޮވުމުގެ އިވެންޓްގައި ޑީޖޭ މީކާ

ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތަކެއް ފެނިގެންދާނެކަމަށް ދިރާގުން ބުނެފިއެވެ. 

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ، ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތުކަމުގައި ދިރާގުން ބުނެއެވެ. 

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 17 އަހަރުގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުންނެވެ. މީކާއަކީ އަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފަންނާނެކެވެ. އެގޮތުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 އާ ގުޅުވައިގެން ބޭއްވި 'ދިރާގު އެކްސް އައިސިކް' ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު  31 މާރިޗު 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތްކަމަށް ދިރާގުން މައުލުމާތުދެއެވެ. 

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/win2speedboats މެދުވެރިކޮށް ހޯދޭނެކަމަށް ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. 

ދިރާގުން ދަނީ ޒުވާން ހުނަރުވެރި ފަންނާނުންގެ ކުރިއެރުމަށާއި، އެ ފަރާތްތަކުގެ ފަންނުވެރިކަން ދައްކާލުމަށްޓަކައި އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދެމުންނެއެވެ. އަދި މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.