ހެންވޭރު ފެރީ ޓާމިނަލް... ފޮޓޯ: އެމްޓިސީސީ
ހަބަރު
13 Jan 2026 | 20:34
އެހީތަކަށް އެދުމަށް ފަސޭހަކޮށްދިނުމަށް ހެންވޭރު ޓާމިނަލްގައި ހެލްޕް ޑެސްކެއް

ދައުލަތުގެ ވެލްފެއާ އެހީތަކަށް އާއްމުނަށް ވީހާވެސް ފަސޭހަގޮތެއްގައި އެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ހާއްސަ ހެލްޕް ޑެސްކެއް ހެންވޭރު ފެރީ ޓާމިނަލްގައި ގާއިމްކޮށްފިއެވެ.

ސަރުކާރުން ވަނީ އެންސްޕާއިން ދެމުން އަންނަ ބައެއް މުހިންމު ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ތެރަޕީއަށް އެދި ހުށަހެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްގެ އިތުރުން އެކަނިވެރި މައިންނަށްދޭ އެލަވަންސް ފަދަ ހިދުމަތްތައް ވަނީ، ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ވަންގަވް މެދުވެރިކޮށް އެ ހިދުމަތްތަކަށް އެދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރުމުން ރައްޔިތުންގެ ޝަކުވާއަށް ބަލައި، އެންސްޕާއިން ވަނީ ހެންވޭރު ފެރީ ޓާމިނަލްގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފައެވެ. އެންސްޕާއިން ބުނީ އެ ހެލްޕް ޑެސްކަށް ޒިޔާރަތްކުރުމުން ހިދުމަތްތަކަށް ރަޖިސްޓަރ ވުމާއި އެނޫންވެސް ދަތިވާ ކަންކަމުގައި އެހީތެރިވެދޭނޭކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ވުުމުގެ އިތުރުން ވަންގަވް މެދުވެރިކޮށް ފޯމް ފުރުމާއި އެނޫންވެސް ބޭނުންވާ ކަންކަމުގައި ވަގުތުން އެހީތެރިވެދޭނެއެވެ.

ހެލްޕް ޑެސްކްގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ކުން ހަވީރު 4 ޖެހުމާ ހަމަޔަށް ލިބޭނޭކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އެންސްޕާއިން ދެމުން އަންނަ ބައެއް ހިދުމަތްތައް ރައްޔިތުންނަށް ލިބޭލެއް ލަސްވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. އެގޮތުން ތެރަޕީ ފަރުވާއަށް ފޯމުތައް ލައިގެން އެންސްޕާގެ ޖަވާބަކަށް އެދި ދިގު އިންތިޒާރެއް ކުރަންޖެހުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވަނީ އެ އިދާރާގެ ހިދުމަތްތައް ވަން ގަވް ފަދަ ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން މުއާމަލާތްތައް ހިނގަން ފެށުމުން ރައްޔިތުންނަށް ހިދުމަތްދިނުމަށް މީގެކުރިން ހޭދަވާ ވަގުތަށް ކުޑަވެ، އަވަހަށް ހިދުމަތް ފޯރުކޮށްދެވިގެންދާނޭކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގައި ނުކުޅެދޭ ފަރާތްތަކަށް ހާއްސަކޮށް ޑިޖިޓަލް ޕޯޓަލެއް ގާއިމްކުރިނަމަވެސް، ރައްޔިތުންނަށް އެ ޕޯޓަލް ބޭނުންކުރުމުގައި ދަތިއުނދަގޫ ކަންތައްތަކެއް ހުރުމާއެކު އެމްޑީޕީ ސަރުކާރުންވެސް އެ ޕޯޓަލްގެ ބޭނުން ހިފަމުން ގޮސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.