ކުޅުދުއްފުށި... ފޮޓޯ: ޒުވާން މަސްވެރިޔާ
ހަބަރު
13 Jan 2026 | 22:15
އިޔާދަކުރަނިވި ހަކަތައިގެ އެހީގައި ކުޅުދުއްފުށީގައި ފެން އުފައްދަން ފެށި މަސައްކަތް ނިމެނީ

ހދ.ކުޅުދުއްފުށި ސިޓީގައި ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމަށް ފެށި މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިމޭނޭކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.

އެމްއެމްޓީވީގައި ވާހަކަދައްކަވަމުން ޤައުމީ ފެން ކުންފުނީގެ މޭނެޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ހަކަތައިގެ ގޮތުގައި ޑީސަލް އަންދައިގެން ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދިނުމުގެ ބަދަލުގައި އެ ހިދުމަތް ސޯލާ ހަކަތަ ބޭނުންކޮށްގެން ދިނުމަށް ފެން ކުންފުނިން ފަށާފައިވާ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދޭން ފަށާއިރު، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ މިދިޔަ އަހަރު ޖަޕާނު ސަރުކާރުގެ އެހީގައި ފެށި މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޖާގަހުރި ރަށްރަށުގައި ކަމަށެވެ. 

މަތީން ވިދާޅުވީ ޑީސަލްގެ ބަދަލުގައި ފެން އުފެއްދުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުން ކުންފުނީގެ ހަރަދުތައް ކުޑަކުރެވި އެތައް ގޮތަކުން ފައިދާތައް ލިބިގެންދަކަމަށެވެ. އެގޮތުން ކާރިސާއެއް ފަދަ ހާލަތެއް ކުރިމަތިވިނަމަވެސް ފެނުގެ ހިދުމަތް ކަށަވަރު ކުރެވިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޭރުން އެއްޗެއް ނުގެނެވިގެން ދަތުރު ނުކުރެވިގެން ދަތުރުފަތުރު ހުއްޓިގެން ހިދުމަތަށް ބުރޫއެރުމުގެ ފުރުސަތު ކުޑަވާނެ. ދެން އަނެއްކާ ތެޔޮ އަންދާ ވަރު މަދުވާނެ. ތެލަށް އަޅުގަނޑުމެން މި ހަރަދުކުރާ ޑޮލަރުގެ އަދަދު މަދުވެގެންދާނެ. އެހެންވީމަ އެތައް ބައިވަރު ފައިދާއެއް ހުރި ކަމެއް މިއީ

މަތީން ވިދާޅުވިއެވެ

މަތީން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ރ.ދުވާފަރުގެ އިތުރުން މާފުށީގައިވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. ޖާގައިގެ ދަތިކަމާހުރެ މާލޭގައި މިކަން ކުރިއަށްނުގެންދެވުނު ނަމަވެސް، އިތުރު ހޯދުންތައް ހޯދައި މުސްތަގްބަލްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެނުގެ ހިދުމަތް ދިނުމަކީ ޤައުމީ ފެންކުންފުނީގެ ތަސައްވުރެއްކަމަށްވެސް މަތީން ވަނީ ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭނޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރެވިގެންދާއިރު، ނިޒާމުގެ ޔަގީންކަން ކަށަވަރުކުރުމަށް،  1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުއަށް އެމްޑަބްލިއުއެސްސީން 46 އިންސައްތަ ހަރަދުކުރާއިރު އަނެއްބައި ހަރަދުކުރަނީ ޖަޕާން ސަރުކާރާއި، ކެނެޑޭވިއާއިންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޖަޕާނާއި އެމްޑަބްލިއުއެސްސީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.