ވެމްކޯގެ މުވައްޒަފަކު މަސައްކަތުގައި-- ފޮޓޯ/ ވޮއިސް
ހަބަރު
14 Jan 2026 | 09:40
ޕެންޝަން ފައިސާ ނުދެއްކެނީ ސިޓީ ކައުންސިލުން ދޭންޖެހޭ ފައިސާ ނުދޭތީ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ގަވާއިދުން ޖަމާނުކުރެވި ވަނީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ނުލިބިވާތީ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ވެމްކޯއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ އޮތް މައްސަލަ ފެންމަތިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ސަބްސިޑީގެ އެހީގައި ކަމަށެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތްތަކަށް ފައިސާ ހޯދުމަށް ދަތިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ޚާއްސަކޮށް، މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެތައް ފަހަރެއްގެ މަތިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް، މަޝްވަރާތައް ކޮށް، މި ފައިސާ ހޯދުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، މިހާރުވެސް އެ މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާއެކު ވެސް މަޝްވަރާ ކުރަމުންދާ އެ ކުންފުނިން ބުނެފައިވެއެވެ.

ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދައްކާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން ވޭތުވެދިޔަ 14 މަސް ދުވަހު އެ ކުންފުނިން ޕެންޝަން ފައިސާ ދައްކާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.