ބަންގްލަދޭޝްގެ މައި އެއާޕޯޓްގައި ހުންނަ އިމިގްރޭޝަން ޑެސްކެއް.. ފޮޓޯ: ޓީބީއެސް
ހަބަރު
14 Jan 2026 | 15:42
ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ ދޭން ނިންމައިފި

އޮންއެރައިވަލް ވިސާ ވަގުތީގޮތުން ނުދޭން ނިންމި ނިންމުން ބަންގްލަދޭޝް ސަރުކާރުން ބަދަލުކޮށްފިއެވެ.

ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެޤައުމުން ވަނީ އޮންއެރައިވަލް ވިސާ ދިނުން ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ބަންގްލަދޭޝްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމީ މަސްދުވަހުގެ މުއްދަތަކަށެވެ. އެ ނިންމުމަށް އަމަލުކުރަން ފަށާގޮތަށް އޮތީ، މާދަމައިން ފެށިގެންނެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީގެ އޮފިޝަލަކު ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވެފައިވަނީ، އޮންއެރައިވަލް ވިސާ ވަގުތީގޮތުން ނުދޭން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއެކޭ އެއްގޮތަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ލިބޭނޭކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ކުރިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ހާރިޖިއްޔާއިން ވަނީ އެޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައެވެ.

ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ވަރަށްބޮޑަށް ބަދަލުވެފައިވާއިރު، މިއީ ހަސީނާގެ ވެރިކަމަށްފަހު ފުރަތަމަ ފަހަރަށް ބާއްވާ އާއްމު އިންތިހާބެވެ. ބަންގްލަދޭޝްގެ ވެރިކަން ދޫކުރައްވައި ހަސީނާ ވަޑައިގެންނެވުމާއެކު، އޭރު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ޤާނޫނު ހަދާ މަޖިލީސްވެސް ވަނީ އުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.