ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބޭއްވުން
ހަބަރު
14 Jan 2026 | 16:09
ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން: މުހިންމު މަޝްވަރާތަކެއް ކުރެއްވި

ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ޒަކާތާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. އަދި ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ ފަދަ، ދެފުށް ފެންނަ، އަދި ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލުގެ މެންބަރުން މަޝްވަރާކުރެއްވި އެވެ.

ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބޭއްވުން 

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. މީގެ ތެރޭގައި ހިމެނެނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)، އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މަންދޫބުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާބެހޭ މާހިރުންނެވެ.

ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބޭއްވުން 

މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. ހާއްސަކޮށް އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ގައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގަ އެވެ.

ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ފެށުމަކީ، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ގާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.