އާސަންދަ ދޭ ބޭސްފިހާރައެއް-- ފޮޓޯ/ ވޮއިސް
ހަބަރު
15 Jan 2026 | 14:10
އާސަންދައިން 18 ތަނަކުން މިހާރު ނަންބަރު އައިނު ހެއްދޭނެ

ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ނަންބަރު އައިނު ހައްދާ އިތުރު 18 ތަނަކަށް އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދެވޭނެކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.

މިއީ ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖައްސާ، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި އެ ކުންފުނިން އަޅައިފައިވާ ފިޔަވަޅެކެވެ.  މި ފިޔަވަޅާއިއެކު ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެއެވެ. 

އާސަންދައިގެ ދަށުން އައިނު ހެއްދޭނެ ތަންތަން:

• އޭޑީކޭ ހޮސްޕިޓަލް

• އެޑްވާންސް އައި ކްލިނިކް

• އެޑްވާންސް މެޑިކަލް ކްލިނިކް

• އެއިމްސް ޑައިގްނޯސްޓިކް ކެއަރ

• އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ

• ޗިޓީ އޮޕްޓިކަލް ކްލިނިކް

• އައި ކެއަރ ކްލިނިކް

• އައި ކެއަރ ކްލިނިކް ހުޅުމާލެ ބްރާންޗް

• އައި ކެއަރ ހޮސްޕިޓަލް

• އައި ކެއަރ ހޮސްޕިޓަލް ހުޅުމާލެ

• ފަރޫކް ހެލްތު ކެއަރ

• މަލްޑިކެއަރ

• ނޫސަންދާ

• ސެނަހިޔާ

• ޓްރީޓޮޕް ހޮސްޕިޓަލް

• ވިޝަން ކްލިނިކް

• ޕަބްލިކް ހެލްތު ފެސިލިޓީސް

އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. މި އެހީގެ ދަށުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ކޮންމެ ދެއަހަރުން އެއް އަހަރު ދެމުން ދިޔަ 1000 ރުފިޔާގެ އެހީތެރި ކަން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މީގެ އިތުރުން،  ސަރުކާރުން ވަނީ ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިިހާރާއެއްވެސް ހުޅުވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.