ނުކުޅެދުންތެރިކަން ހުންނަ 2 ފަރާތެއް--
ހަބަރު
15 Jan 2026 | 15:21
2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15000 އަށް ވުރެ ގިނަ މީހުން

މިދިޔަ އަހަރުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ. 

އެ އިދާރާއިން އާއްމުކުރި މައުލޫމާތުގައިވާގޮތުން މިދިޔަ މަހުގެ ނިޔަލަށް 15059 ފަރާތެއް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ޖުމުލަ 6323 އަންހެނުންނާއި 8736 ފިރިހެނުންނެވެ. 

މި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުުންގެ ގޮތުުގައެވެ. އެގޮތުން މި ގިންތީގައި ޖުމުލަ 4223 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1887 އަންހެނުންނާއި 3336 ފިރިހެނުންނެވެ. 

އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް-- ފޮޓޯ/ އެންސްޕާ

މީގެ އިތުރުން، މަލްޓިޕަލް ޑިސެބިލިޓީ ހުންނަ މީހުންގެ ގޮތުގައި 1214 އަންހެނުންނާއި، 2182 ފިރިހެނުން ހިމެނޭނެހެން ޖުުމުލަ 3396 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ. އަދި ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 812 އަންހެނުންނާއި، 1059 ފިރިހެނުން (ޖުމުލަ 1871 މީހުން)، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 844 އަންހެނުންނާއި، 1272 ފިރިހެނުން (ޖުމުލަ 2116 މީހުން)، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 946 އަންހެނުންނާއި، 845 ފިރިހެނުން (ޖުމުލަ 1791 މީހުން)، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 479 އަންހެނުންނާއި، 539 ފިރިހެނުން (ޖުމުލަ 1018 މީހުން)، އޯޓިޒަމް ހުންނަ މީހުންގެ ގޮތުގައި 123 އަންހެނުންނާއި، 465 ފިރިހެނުން (ޖުމުލަ 588 މީހުން) އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 18 އަންހެނުންނާއި، 38 ފިރިހެނުން (ޖުމުލަ 56 މީހުން) ރަޖިސްޓްރީކޮށްފައިވެއެވެ. 

ޑިސެންބަރު 2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އުމުރުފުރައިގެ ގިންތިއާއި އަދަދުވެސް އެންސްޕާއިން ވަނީ އާއްމުކޮށްފައެވެ. 

އެގޮތުން 1539 އަންހެން އަދި 3560 ފިރިހެން ކުދިން ހިމެނޭނެހެން، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޖުމުލަ 5099 ކުދިންނަކީ 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. 18 އަހަރާއި 64 އަހަރާއި ދެމެދު ހިމެނެނީ 3724 އަންހެނުންނާއި، 3929 ފިރިހެނުން ހިމެނޭނެހެން، ޖުމުލަ 7653 މީހުންނެވެ. އަދި 65 އަހަރުން މަތީގެ ގިންތީގައި ހިމެނެނީ 1060 އަންހެނުންނާއި، 1247 ފިރިހެނުން ހިމެނޭނެހެން ޖުމުލަ 2307 މީހުންނެވެ. 

އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް-- ފޮޓޯ/ އެންސްޕާ

ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ކަހަލަ އެހީތެރިކަމާއި އެފަރާތްތައް ބާރުވެރިކުރުމަށް އެތައް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.