އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ)-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
15 Jan 2026 | 16:12
ޕްރައިމަރީގެ ވޯޓުލުން ސުލަހަވެރިކަމާއިއެކު ނިންމާލުމަށް ގަފޫރު އެދިވަޑައިގަނެފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ޕްރައިމަރީ އިންތިޚާބުގައި ހުރިހާ މެންބަރުން ވެސް ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސަ (ގަޕޯ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ގަފޫރު ވިދާޅުވީ އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަދި އެއްވެސް ފަރާތަކުން އުސޫލުން ބޭރުން އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރުމަށާއި، ކެންޑިޑޭޓުންނާއި، ފޮށިތަކުގައި ތިބޭ ފަރާތްތަކުންނާއި، ސަޕޯޓަރުން އަދި ހުރިހާ ރައްޔިތުންވެސް ވެސް އިންތިޚާބު ވީހާވެސް އޮމާން އަމާން ސުލްޙަވެރިކަމާ އެއްކޮށް ގެންގޮސް ނިންމާލަދެއްވުމަށް ގަފޫރު އެދިވަޑައިގެންނެވި އެވެ.  

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން، ހުރިހާ ކެނޑިޑޭޓުން ވެސް އަދި ހުރިހާ އެމް.ޑީ.ޕީގެ މެންބަރުންގެ ކިބައިން ވެސް މި އިންތިޚާބަކީ ސުލްޙަވެރިކަމާއި އަމާންކަމާ އެއްކޮށް ނިމިގެންދާނެ އިންތިޚާބެއްގެ ގޮތުގައި މިކަން ހަމަޖައްސަވައިދިނުމަށް. އަދި އެއާއެއްކޮށް ބަލިވާ ކެނޑިޑޭޓުން އަބަދުވެސް އަރަންޖެހޭނީ މޮޅުވާ ކެނޑިޑޭޓުންގެ ފަހަތަށް. އެއީ ޑިމޮކްރަސީގެ ރީތި ހަރުދަނާ ނަމޫނާއަކީ. އެހެންވީމާ، އެގޮތުގެ މަތީން ހުރިހާ ކަމެއް ގޮސް ނިމިދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑު އުއްމީދުކުރަން ހަމަ އަޅުގަނޑު ކުރިން ދެންނެވިހެން، މި އިންތިޚާބު ވަރަށް ފުރިހަމަކަމާއެކު ނިންމައި، އަދި ކާމިޔާބީ ކެނޑިޑޭޓުންނާ އެއްކޮށް ބާކީ ތިބި ހުރިހާ ކެނޑިޑޭޓުން ވެސް މަސައްކަތްކުރުން."

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ)

ގަފޫރު ވިދާޅުވީ ވޯޓުލުން އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ން ފެށިގެން ރޭގަނޑު 8:00 އަށްކަމަށެވެެ.

އަދި ވޯޓުލާ މަރުކަޒުތަކަށް މެންބަރުން ގޮސް ވީހާވެސް އަވަހަށް ވޯޓުލުމަށް ހުރިހާ މެންބަރުންނަށް ވެސް އޭނާ ގޮވާލެއްވި އެވެ. ގަފޫރު އިތުރަށް ވިދާޅުވީ ވޯޓުލައި ނިމުމާ އެއްކޮށް އިދާރީ މަސައްކަތްތައް ކުރުމަށްފަހު ވޯޓު ގުނުން ފެށިގެންދާނެ ކަމަށާއި އިތުރު މައްސަލައެއް ދިމާނުވާ ކަމަށްވަންޏާ ވޯޓު ގުނުމުގެ މަސައްކަތް ހުކުރު ދުވަހުގެ ރޭގައި ނިމި ވަގުތީ ނަތީޖާ އިޢުލާނުކުރެވެމުންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.