ދިރާގު 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ ދިރާގު
ހަބަރު
17 Jan 2026 | 12:55
ދިރާގު 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި!

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

މި ނަސީބުވެރި ފަރާތް ހޮވައިފައިވަނީ، 'ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި ބޭއްވި ފޯރިގަދަ އިވެންޓެއްގައެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިއަކީ ކ. މާލެ، އަބްދުﷲ ސައީދު އެވެ. އޭނާ ވަނީ ދިރާގު މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހާސިލްކޮށްފައެވެ. 

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިން ވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފައެވެ. މި ގޮތުން ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފައެވެ.

'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބޭއްވި ހާއްސަ އިވެންޓުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި އިވެންޓްގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީ.ވީ.އެމް އާއި އެސް.އެސް.ޓީ.ވީ، އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށްފައެވެ.

ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޔެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.