ރަސްފަންނުގައި ހުރި އިތާތައް -- ފޮޓޯ/ މުސްތަފާ
ހަބަރު
17 Jan 2026 | 13:56
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް. ސަމާލުވޭ!

ގިނަ ބަޔަކު މޫދަށް އެރި އުޅޭ ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި ކޮޅަށް ތޫނުކޮށް ހުންނަ ވައްތަރުގެ، އިތާތަކެއް ހުރުމުން އެސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން ސަމާލުވާން އެދިއްޖެއެވެ.

ޣިޔާސުއްދީން ސުކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކުން މިކަން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. މި ޕޯސްޓުގައި އޭނާ ވަނީ ރަސްފަންނު މޫދުގައި ހަދަމުން އަންނަ ރެސްޓޯރަންޓާ ދިމާލުގައި ގިނަ އަދަދަކަށް ތޫނު އިތާ ހުރިކަމަށް ހާމަކުރައްވާފައެވެ. އަދި އެ އިތާތައް ހުރީ މޫދު ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރަސްފަންނުގައި ހުރި އިތާތައް -- ފޮޓޯ/ މުސްތަފާ

އެ އިތާތަކަކީ ކޮޅަށް ވަރަށް ތޫނުކޮށް ހުރި އިތާތަކެއްކަން ފާހަގަކުރައްވާ، އޭނާ ވަނީ މޫދުގެ ވެލިގަނޑުގައި ހިނގާއިރު، ފައި ހަލާކުވެދާނެތީ ސަމާލުވުމަށް އެދިފައެވެ. އަދި ހިކި ދިޔާގައި އެ ސަރަހައްދުގައި ހުސްފައިގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ރަސްފަންނު މޫދުގައި އިތާތައް ހުރި ސަރަހައްދު މެޕުގައި ފާހަގަކޮށްފައި --- ފޮޓޯ/ މުސްތަފާ

މުސްތޮފާ ވިދާޅުވި ގޮތުގައި މިއީ ކެއުމަށް ބޭނުންކުރާ އިތައެކެވެ. އެ އިތާތަކުގައި އިންނަނީ ކުޑަ މަސްކޮޅެކެވެ. ނަމަވެސް، ގިނަ ބަޔަކު އެ ސަރަހައްދުން އިތާ ނަގާނަމަ، އެ ސަރަހައްދުގައި ހުރި އިތާތަކުގެ އަދަދު މަދު ކުރެވިދާނެކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. 

މިކަމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ރަސްފަންނަކީ އާއްމު ގޮތެއްގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މޫދަށް އެރޭ ތަނެކެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި، މެންދުރު އަދި ހަވީރު ގަޑީގައިވެސް ގިނަ އަދަދެއްގެ އާއްމުން އެތަނަށް މޫދަށްއެރުމަށް ގޮސް އުޅެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.