އޯޓިޒަމް ސެންޓަރުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން.. ފޮޓޯ: އޯޓިޒަމް ސެންޓަރ
ހަބަރު
17 Jan 2026 | 22:32
ޑިސެމްބަރުމަހު ތެރަޕީ ފަރުވާގެ ހަރަދަށް 7.5 މިލިއަން ރުފިޔާ ހޭދަވި: އެންސްޕާ

ހުސްވި ޑިސެމްބަރުމަހު ތެރަޕިއުޓިކް ފަރުވާގެ ހިދުމަތްތަކަށް އެކަނިވެސް 7.5 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި 521 ކުއްޖަކަށް ވަނީ ތެރަޕީނެގުމަށް މާލީ އެހީތެރިކަން ހަމަޖައްސައިދީފައެވެ. މި އެހީ ހަމަޖައްސައިދީފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕިއުޓިކް ފަރުވާ ހަމަޖައްސައި ދިނުމުގެ ޕްރޮގްރާމުގެ ތެރެއިންނެވެ. 

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 54 ފަރާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެފަރާތްތަކަށް ކުރި ހޭދަ އުޅެނީ 357،500 ރުފިޔާގައެވެ. 

އެންސްޕާގެ ހިސާބުތަކަށް ބަލާއިރު އެންމެބޮޑު ހޭދައެއްކޮށްފައިވަނީ ބިހޭވިއަރ ތެރަޕީއަށެވެ. އެއަށްފަހު ދެން އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ އަދި އެޑިއުކޭޝަނަލް ތެރަޕީދިނުމަށެވެ.

ތެރަޕީތަކަށް ކުރި ހޭދައިގެ ތަފްސީލް އަންގައިދޭ ޗާޓެއް.. މައުލޫމާތު: އެންސްޕާ

ޑިސެމްބަރުމަހު 521 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް ހަރަދުތައް ހަމަޖައްސައިދިންއިރު، އޭގެ ތެރެއިން އެންމެ ގިނައީ ފިރިހެން ކުދިންނެވެ. ތެރަޕީ ފަރުވާ އެންމެގިނައިން ނަގަމުންދަނީ، 18 އަހަރުން ދަށުގެ ކުދިންނެވެ.

ތެރަޕިއުޓިކް ފަރުވާ ހަމަޖައްސައިދިން އުމުރުފުރައިގެ މައުލޫމާތު...

ރާއްޖޭގައި ތެރަޕިއުޓިކް ފަރުވާ ނަގަމުން އަންނަ ކުދިންގެ އަދަދު މަހަކަށްވުރެ މަހެއް އިތުރުވަމުން އަންނަކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެކި ހަރަދުތަކަށް ދައުލަތުން ހޭދަކުރާ އަދަދުގެ ބޮޑުބައެއް ހޭދަވާ އެއް ދާއިރާއަކީ ތެރަޕިއުޓިކް ފަރުވާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.