ދިވެހި ޕާސްޕޯޓް/ ފޮޓޯ- ރާއްޖެއެމްވީ
ހަބަރު
20 Jan 2026 | 12:32
ދެކުނު އޭޝިޔާގައި އަދިވެސް އެންމެ ވަރުގަދައީ ރާއްޖޭގެ ޕާސްޕޯޓު

ސައުތް އޭޝިޔާ ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިވެހިރާއްޖެއިން ދަމަހައްޓައިފި އެވެ. މިއީ ރާއްޖެއިން މި މަގާމު ހޯދި ހަތްވަނަ ފަހަރެވެ. 

ހެންލީ އެންޑް ޕާޓްނާސްއިން ކޮންމެ އަހަރަކު ނެރޭ ގްލޯބަލް ޕާސްޕޯޓް ރޭންކިންގުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދުނިޔޭގެ ރޭންކިންއަށް ވުރެ މިއަހަރު ރާއްޖެ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. މިދިޔަ އަހަރުގެ ރޭންކިންގެ 53 ވަނައިގަ އެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ 52 ވަނައިގަ އެވެ.

ރާއްޖެއިން ވިސާ ނެތި 92 ގައުމަކަށް ދަތުރު ކުރެވެ އެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އެއް ވަނައިގައި ރާއްޖެ އޮތް އިރު ދެ ވަނައިގައި އޮތީ އަވައްޓެރި އިންޑިއާ އެވެ. ނަމަވެސް އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގެ 80 ވަނައިގަ އެވެ. އެގައުމުން ވިސާއާ ނުލައި އެ ޕާސްޕޯޓުގައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ.

ސައުތް އޭޝިޔާގެ 3 ވަނައިގައި ބޫޓާން އޮތްއިރު އެގައުމުން ވިސާއާނުލައި ދަތުރުކުރެވެނީ 50 ގައުމަކަށެވެ. އެ ލިސްޓުގެ އެންމެ ފުލުގައި މިފަހަރުވެސް އޮތީ އަފްގާނިސްތާނެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓު އޮތް ގައުމުގެ މަގާމު މިއަހަރުވެސް ހޯދާފައިވަނީ ސިންގަޕޫރެވެ. އެ ގައުމުގެ ޕާސްޕޯޓުން 192 ޤައުމަކުން އޮންއެރައިވަލް ވިސާ ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.