ވަޒީރު ޝަހީމް
ހަބަރު
20 Jan 2026 | 13:52
އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދިނުމަކީ މައްސަލައެއްނޫން؛ މުޤައްރަރުވެސް މުރާޖާ ކުރަންޖެހޭ: ޑރ. ޝަހީމް

އިސްލާމް މާއްދާގެ މުޤައްރަރު ދަރިވަރުންނަށް ފަސޭހައިން ފަހުމްވާ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށާ، އަދި ދަރިވަރުންނަށް ފަސޭހައިން އެ މާއްދާ ފަހުމް ވަނީ އިނގިރޭސިން ކިޔަވައިދިނުމުން ކަމަށް ވާނަމަ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ދަރިވަރުން ދިވެހި ބަހަށް ކޮށިވުމުގެ ސަބަބުން އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމާ ގުޅޭގޮތުން ނޫހެއްގައި ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެން، ޝަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމް މުޤައްރަރު މި ޒަމާނުގެ ޖީލުތަކަށް ވިސްނޭނެ ފަދަ ފަސޭހަ އިބާރާތްތަކަކުން އަލުން އެކުލަވައިލަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި ފޮތްތަކުގެ ފަރުމާ ނުވަތަ ލޭއައުޓަށް ބަދަލު ގެނެސް، އިސްލާމް މުޤައްރަރުގައި ހިމެނޭ މުހިންމު ބައިތައް ދަރިވަރުންގެ އުމުރާއި ގްރޭޑްތަކާ ގުޅޭގޮތުން ތަރައްޤީކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްލާމް މާއްދާގެ ތެރޭގައި ހިމެނޭ ތަފާތު ދާއިރާތަކުގެ މަޢުލޫމާތުތައް އެއް ފޮތެއްގެ ތެރޭގައި ހުރުމުގެ ބަދަލުގައި، އެކި މަރުޙަލާތަކަށް ބަހާލައިގެން ވަކި މާއްދާތަކެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ރަނގަޅު ގޮތެއް

ވަޒީރު ޝަހީމް

ބަހުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސި ބަހުން ކަމަށްވާނަމަ، އެ ބަހުން އެ މާއްދާ ކިޔަވައިދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

”ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުން ދިވެހިބަސް ކުރިއަރާނެ. ދިވެހިބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުން ނަމަ، މުޅި ތަޢުލީމީ ނިޒާމު އެއްކޮށް ދިވެހި ބަހަށް ބަދަލުކުރަންޖެހޭނީ. އެއީ ރާއްޖެއަށް އެންމެ މުނާސަބު ގޮތް ކަމަށް ނުވެދާނެ“ ވަޒީރު ވިދާޅުވިއެވެ.

މި ޚިޔާލުފުޅުތަކަކީ މިކަމާ ގުޅޭގޮތުން އޭނާ ދެކެވަޑައިގަންނަވާ އަމިއްލަ ޚިޔާލުފުޅެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، އިސްލާމް މާއްދާގައި ހިމެނޭ ވަރަށް ގިނަ ލަފްޒުތައް އަދުގެ ދަރިވަރުންނަށް ފަހުމް ނުވާ މައްސަލައަކީ އެ މާއްދާ ކިޔަވައިދޭ ޓީޗަރުންވެސް މިހާރު ފާހަގަކުރަމުން އަންނަ ކަމެކެވެ. 

ކޮމެންޓް
ހާއުފާ
ދިވެހި މާއްދާވެސް ފަސޭހައިން ފަހުމުވާނީ އިގިރޭސިބަހުން ކިޔަވާދިނީމަ. ދިވެހިބަސްވެސް އިގިރޭސިބަހުން ކިޔަވާދޭގޮތަށް ބަދަލުކޮށްލަ ދެއްވާ!
20 Jan 2026
ބޯގޯސް.
ކުދިން ދިވެހިބަހަށް ކޮށިއްޔާ، ދިވެހިބަސްވެސްކިޔަވައިދޭންވީ،އިނގިރޭސިބަހުންކަމަށް ފެނޭ! އޭރުން ދިވެހިބަހަށް ފަރިތަވާނީ!
20 Jan 2026
ޢަލިއ
ދިވެހިބަސްވެސް އިނގިރޭސިބަހުން ކިޔަވައިދޭ ހިސާބަށްދާނެ، މީ ދިވެހިބަސް އުވިގެންދާނެ އިތުރު ފިޔަވަޅެއް، ހިތާމަހުރިކަމެއް. ދެރަކަމެއް
20 Jan 2026
Ahmed Husaain
އަސްލާމް ކިޔަޥާދޭންވީ އިގިރޭސީ މީޑިޔަމްއައް ރަގަޅުވާނެ
20 Jan 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.