އައްޝައިޚް އިމްތިޠާއު ޢައްބާސް
ހަބަރު
20 Jan 2026 | 19:07
މޯލްޑިވްސް ޒަކާތު ހައުސްގެ ޑީޖީގެ މަގާމަށް ޝެއިޚް އިމްތިޠާއުޢައްބާސް

މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް އައްޔަންކުރައްވައިފި އެވެ.

އިމްތިޠާއު އެ މަގާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަޤާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީ އެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން، ޖަނަވަރީ 14އާ ހަމައަށް އައްޝައިޚް އިމްތިޠާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް އިންޓާނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަގާމުތަކާއި ލަފާއަރުވާ ރޯލުތައް ޝައިޚް އިމްތިޠާއު ވަނީ އަދާކުރައްވާފައެވެ. ޒަކާތު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއާގެ މަގާމު ވެސް އައްޝައިޚް އިމްތިޠާއު ވަނީ އަދާކުރައްވައިފައެވެ.

އިމްތިޠާއުއަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.