ވިލިމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ފަލާހް ވާހަކަފުޅު ދައްކަވަނީ..
ހަބަރު
21 Jan 2026 | 10:08
ތަރައްޤީގެ ކަންކަން ސްޕީޑްގައި ކުރިއަށްދާނީ ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓުދީގެން: ފަލާހް

ސަރުކާރުން ފަށާފައިވާ ތަރައްޤީގެ ކަންކަން ސްޕީޑްގައި ކުރިއަށްދާނީ، ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓުދީގެންކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ކޮންގްރެސްޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ނިކުންނަ ކެނޑިޑޭޓާއި، ވިލިމާލޭގެ ގޮނޑިތަކަށް ނިކުންނަ ކެނޑިޑޭޓުން ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަަދއްކަވަމުން ފަލާހް ވަނީ، ކުރިއަށްއޮތރް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ވިޓުދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ފަލާހް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ވޯޓު ހޯދަން އެދެންޖެހެނީ ސަބަބުތަކެއް ހުރެގެންކަމަށާއި، އެންމެބޮޑު އެއްސަބަބަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގައި އިދިކޮޅު މެމްބަރުންގެ ފަރާތުން އެެއްބާރުލުން ނުދޭތަނުގައި ރައްޔިތުންގެ ކުރިއެރުމާ ގުޅޭ ކަންކަމަށް ޖެއްސުން ކުރަމުންދިއުންކަމަށެވެ.

ބައެއް ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ދަތިކުރަމުންދާކަން ފާަހަގަކުރަމުން ފަލާހް ވިދާޅުވީ، ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ރައްޔިތުން ވޯޓުދޭންޖެހޭ މައިގަނޑު ސަބަބަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމުމަށްކަމަށެވެ. ފަލާހް ވިދާޅުވީ މާލެ ސަރަހައްދުން އެކަނިވެސް ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ގިނަ އަދަދެއްގެ ގޯއްޗާއި ފްލެޓްތައް ދޫކުރުމަށް އިއުލާނުކޮށްފައިވާކަމަށެވެ. ދެޕާޓީއެއްގެ ދެމެދުގައި އޮންނަ ވާދަވެރިކަމެއްގެ ތެރޭގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓުނުލާންވީ ސަބަބެއްނެތްކަމަށް ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.

ފަލާހް ވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންނަށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓުދިނުމަށް ގޮވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލާފައިވާއިރު، މިފަހަރުގެ އިންތިހާބަށް ޕީއެންސީގެ ފަރާތުން ޕްރައިމަރީގައި ރެކޯޑް އަދަދަކަށް ކެނޑިޑޭޓުން ވާދަކޮށްފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ، އަންނަ އޭޕްރިލްމަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. އިންތިހާބު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އެދުވަހުގެ ހެނދުނު 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ، ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައިކަމަށް އިލެކްޝަނުން ބުނެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 225 ދާއިރާއަކަށް 678 މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އަންހެނުްނގެ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެމްބަރުން އިންތިހާބުކުރާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.