ބ.އަތޮޅު ކައުންސިލް އިދާރާ.. ފޮޓޯ: އަލީ އާސިފް
ހަބަރު
21 Jan 2026 | 21:54
ބ.އަތޮޅު ކައުންސިލުން މެޝިންތަކެއް ގެނައުމަށް ބަޔަކަށްދިން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

ބ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްރަށުގައި ކުނިމެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ބަޔަކަށް ދިން ފައިސާތަކެއް ވީއެއް ނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބ.އަތޮޅު ކައުންސިލްގެ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އަތޮޅު ކައުންސިލުން ކުނިމެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް 4.6 މިލިއަން ރުފިޔާގެ އަގަކަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ. 

ނަމަވެސް މަސައްކަތް ނިންމަންޖެހޭ މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް އެކުންފުނިން އެ މަސައްކަތް ކޮށްފައިނުވާއިރު، ބ.އަތޮޅު ކައުންސިލުން ވަނީ އެޑްވާންސް ފައިސާގެ ގޮތުގައި 703،575 ރުފިޔާ އެކުންފުންޏަށް ދީފައެވެ. އަތޮޅު ކައުންސިލުން ފަހުން އެއްބަސްވުން ބާތިލްކުރިނަމަވެސް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އެ ކުންފުނީގެ އަތުން ހޯދާފައިނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 

ފަހުން އެކުންފުންޏާއެކު ކުރެވުނު މުއާމަލާތްތަކުން ދެފަހަރެއްގެ މަތިން ބަހާލައިގެން ފައިސާ ދެއްކުމަށް އެންގިނަމަވެސް އެކުންފުނިން އެކަމަށް އިޖާބަދީފައެއް ނުވެއެވެ. އަދި އޭގެ ފަހުން ޝަރީއަތަށް ހުށަހަޅަން ނިންމުމުން އެ ކުންފުނިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށާއި، މެޝިންތަކުގެ ބާކީ ފައިސާ ހަމަޖެހިފައިވުމުން މެޝިންތައް ރާއްޖެގެނެސް ހަވާލުކުރުމަށް 50 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ އެދިފައެވެ. އަދި އެޑްވާންސް ފައިސާ އަނބުރާ ދައްކާނެކަމުގެ ގެރެންޓީއެއްގެ ގޮތުގައި 20،000 ރުފިޔާ ކައުންސިލް އިދާރާއަށް ޖަމާކޮށްފައިވާކަމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހު އެކުންފުނިން ވަނީ ސިޓީއަކުން ބަޔާންކޮށްފައެވެ. 

ނަމަވެސް އޮޑިޓް ރިޕޯޓްގައި ވަނީ ނިމިގެންދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 28 ވަނަ ދުވަހާ ހަމަޔަށްވެސް ކައުންސިލުން އެ ފައިސާ ހޯދާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލްގެ ރައުޔުގައި ވަނީ، އެޑްވާންސް ފައިސާގެ ގޮތުގައި އެފަރާތަށް ދީފައިވާ ފައިސާއިން ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ކުރިއަށްގެންދިއުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.