ރޯދަމަހައް ހައްދާފައިއޮތް ދަނޑެއް.. ފޮޓޯ: ނަރުދޫ ކައުންސިލް
ހަބަރު
22 Jan 2026 | 09:27
ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް މާލޭގައި ވަގުތީ މާރުކޭޓެއް ހަދަނީ

ކުރިއަށްއޮތް ރަމަޟާންމަހަށް ހާއްސަކޮށް ދިވެހި ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް މާލެސިޓީގައި ވަގުތީ މާރުކޭޓެއް އެޅުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވަގުތީ މާރުކޭޓެއް ނޯތް ހާބަރުސަރަހައްދުގައި އެޅުމަށް ނިންމާފައިވާކަމަށެވެ. މި މާރުކޭޓު އެޅުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްޕީއެލްގެ އެހީތެރިކަމާއެކުގައިކަން ވުޒާރާއިން ވަނީ ބުނެފައެވެ.

މި ވަގުތީ މާރުކޭޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، އަންނަ ފެބުރުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަގުތީ އެ މާރުކޭޓަށް މުދާ ވައްދަން ފަށާނޭކަމަށް ވަނީ ބުނެފައެވެ. 

މާލޭ ނޯތްހާބަރު.. ފޮޓޯ: ވޮއިސް

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު އުސޫލުގައި ބުނެފައިވާގޮތުން ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ އިތުރު ތަކެތި މިމާރުކޭޓުގައި ވިއްކުމަކީ މަނާކަމެކެވެ. އަދި މި މާރުކޭޓުގައި ބިދޭސީންނަކަށް މަސައްކަތެއް ނުކުރެވޭނެއެވެ. ވުޒާރާއިން ނިންމާފައިވަނީ ރޯދަމަސް ނިމުމާއެކު އެތަން ހުސްކުރުމަށެވެ.

އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ދަނޑުތައް ހެއްދުމަކީ ވަރަށް ކުރިންސުރެ ފެށިގެން ކުރަމުން އަންނަ މަސައްކަތެކެވެ. އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް ރޯދަމަހު އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް މާލެ ގެނެއެވެ. މީގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ގެންނަ ބާވަތްތަކުގެ ތެރޭގައި ކަރާ، ލެޓިއުސް ކަމްބާ ފަދަ ބާވަތްތައް ހިމެނެއެވެ.

ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ނޯތް ހާބަރުގައި މާރުކެޓެއް އެޅުމަކީ ދަނޑުވެރިންނަށް ލިބިގެންދާނޭ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށް ވާނޭކަމަށް ވުޒާރާއިން ބުނެއެވެ. ދަނޑުވެރިން ހައްދާ ތަކެތި ބާޒާރަށް ވިއްކޭނޭ ފަސޭހަ ގޮތެއް ނެތުމަކީ ދަނޑުވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.