އެމްޑީޕީން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން...
ހަބަރު
22 Jan 2026 | 11:27
އިލެކްޝަނުން ޕީއެންސީއަށް ޑޭޓާތައް ހިއްސާކުރާކަމަށް ބުނެ އެމްޑީޕީގެ ތުހުމަތެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ވެރިކަންކުރާ ޕީއެންސީއަށް ޑޭޓާތައް ހިއްސާކުރަމުންދާކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ހަސަން ހުސައިން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ފެނިގެންދަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ކަންކަން ފަހިވާނޭހެން ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ފަރާތުން މިހާރުވެސް ބައެއް ކަންކަން ފެންނަމުންދާކަން ހަސަން ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް އީފާސްމެދުވެރިކޮށް ތާއީދު ދިނުމުން އެ މައުލޫމާތުތައް ވަގުތުން ޕީއެންސީއަށް ލިބެމުންދާކަން ފާހަގަކުރެވިފައި އެބަހުރިކަމަށާއި، މިއީ ވަރަށްބޮޑު މައްސަލައެއްކަމަށެވެ. މިކަމުން އިލެކްޝަނާއި ޕީއެންސީއާ ދެމެދު އަޑިނޭނގޭ މުއާމަލާތްތަކެއް ކުރިއަށްގޮސްފައިވާކަން އެނގޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ޝައްކުކުރެވޭ އަދި ޔަގީނާ ގާތަށް ބައެއް ކަންކަން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ހިނގަމުން އެބަދޭ. މިސާލަކަށް ދަންނަވާ ކަމުގައި ވާނަމަ ކެންޑިޑޭޓުން އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާޢީދުކޮށް އީ-ފާސް މެދުވެރިކޮށް ތާޢީދު ދިނުމުން އެ މަޢުލޫމާތު ވަގުތުން ޕީއެންސީ އަށް އެބަދޭ. އެޕްލިކޭޝަން ހުށަހަޅާފަ އޭނަޔަށް ތާޢީދުދީ އަމިއްލަ މީހަކު ތާޢީދުދިނުމުން އެ މަޢުލޫމާތު ޕީއެންސީ އަށް އެނގުމަކީ ބޮޑު މައްސަލައެއް. އޭގެ މާނައަކީ އެބޭފުޅުންގެ ޕޯޓަލްއަށް އެބޭފުޅުންގެ އިލެކްޝަންގެ މި ޕޯޓަލްއަށް އެކްސެސް އެބައޮތޭ.

ހަސަން ހުސައިން

ނޫސްވެރިންގެ މި ބައްދަލުވުމުގައި އެމްޑީޕީން ވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީއަށް ކާމިޔާބުކޮށްދިނުމުގައި އިލެކްޝަނުން އެކި ގޮތްގޮތުން ވާގިވެރިވަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން އިލެކްޝަނުގެ އިސްވެރިން ޕީއެންސީގެ އިސްބޭފުޅުންނާއެކު ސިއްރިޔާތުގައި ބައްދަލުވުންތައް ބާއްވަމުންދާަކން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ޖުހާ
ޢެމްޑީޕީވެސިކަމުގަނެތީސް ބާއްވާކޮންމެ އަންތިހާބެއްގަވެސް ތިކަހަލަ ތުހުމަތުކުރޭ އެކަމަކު އެމީހުންނަކަށްއެކަން ސާބިތުނޮކޮއްދެވޭ އެއީއެމީހުންގެ އާދަ ފެށުނީއްސުރެ މިއަދާހަމައަށް
22 Jan 2026
ހަމަތި
ކުރިން ވައްކަން ކުރިގޮތް އަމިއްލައަށް ކިޔައިދޭން ވަރަށް ފަސޭހަވާނެ މިކަހަލަ ވަގުތުތަކުގައި. ވަގުން އެމީހުންގެ ފޮށި ވަރަށް ބާރަށް ބަނދެފަ އެހެން މީހުންގެ ފޮށި ބަލަން އަމުރުކުރާނެ.
22 Jan 2026
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.